އިންޑިއާގައި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ކަޕް ޖޯއިގެ ސެމީ ފައިނަލަށް މާޒިޔާ ދަތުރު ކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްފައިވާއިރު، ބަލިވީ އެންމެ މެޗަކުންނެވެ.
ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ރިލަޔަންސް އެކަޑަމީ އަތުން 1-2 ގެ ނަތީޖާއިން މާޒިޔާ ބަލިވި ނަމަވެސް، ހުކުރު ދުވަހު ފަސްޓް ކިކް އެސްއެސްއޭއާ ދެކޮޅަށް ކުޅުނު މެޗު 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ހޮނިހިރު ދުވަހު ތިންވަނަ މެޗުގައި މާޒިޔާ ނިކުތުމަށް ހަމަޖެހިފައި އޮތީ ސްޕޯޓްޒް ނޭޝަންއާ ދެކޮޅަށެވެ.
ނަމަވެސް އެ މެޗަށް އިދިކޮޅު ޓީމު ހާޒިރު ނުވުމުން، މެޗު 0-2 ގެ ނަތީޖާއިން މާޒިޔާ މޮޅުވި ކަމަށް ވަނީ ނިންމާފައެވެ. މި މެޗުގެ ކުރިން ވެސް މާޒިޔާއަށް ވަނީ ސެމީގެ ޖާގަ ކަށަވަރުވެފައެވެ.
މުބާރާތުގެ ސެމީފައިނަލުގައި އާދީއްތަ ދުވަހު މާޒިޔާ ނިކުންނާނީ ވަރުގަދަ ޗެންނާއިން އެފްސީއާ ދެކޮޅަށެވެ.
މިއީ މި މުބާރާތް ބާއްވާތާ ތިންވަނަ ފަހަރަށްވާއިރު، މިއީ މުބާރާތުގައި ރާއްޖޭގެ އެކަޑަމީއަކުން ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. މުބާރާތުގައި އިންޑިއަން ސުޕަ ލީގު އަދި ބޮޑެތި ފުޓުބޯޅަ އެކަޑަމީތަކުން ވެސް ބައިވެރިވެއެވެ.