Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 15:12
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
ސަމާހު
އިންކަމް ޓެކްސް
އިންކަމް ޓެކްސް ދައްކަންޖެހޭ ގޮތަށް ހެދުމަށް ތާއީދު: މެމްބަރު ރިޔާޒް
މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން އިންކަމް ޓެކްސްގެ ބިލު ތައާރަފް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުމަށް ތާއީދު ކުރައްވަމުން

ވަކިވަރަކަށް ވުރެ އާމްދަނީ ގިނައިން ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ދައްކަންޖެހޭ ގޮތަށް ހެދުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ތާއީދު ކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.

Advertisement

މެމްބަރު ރިޔާޒު މިހެން ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދް ނަޝީދް މި ހިނގަމުންދާ މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން އިންކަމް ޓެކްސްގެ ބިލު ތައާރަފް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވިދާޅުވި ވިދާޅުވުމަށްތާއީދު ކުރައްވަމުންނެވެ.

އެގޮތުން ހުކުރު ދުވަހުގެ ރޭ އޮތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ 9 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓް 2020 ވަނަ އަހަރަށް އަންދާޒާކޮށްފައިއޮތީ އަމިއްލަ ފަރުދުންގެ އާމްދަނީން ލިބޭ ޓްކްސްއިން ލިބޭނެ އެއްޗެއް ހިމަނައިގެން ކަމަށާއި މިއަހަރުގެ ތެރޭގައި މި ޓެކްސް ނަގަން ފަށަންޖެހޭކަމަށެވެ.

ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ ޓެކްސް ތައާރަފްކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. އޭރުގައި ވިޔަފާރިވެރިންގެ ފަރާތުން އެކި ގޮންޖެހުންތައް ކުރިމަތިވިނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ޓެކްސްގެ ޤާނޫނު ފާސްކޮށް، ޓެކްސް ނަގަން ފެށުމާއެކު ދައުލަތުގެ އާމްދަނީ ވަނީ ދެ ގުނައަށް އިތުރުވެފައެވެ. އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް