Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 15:31
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ޓްވިޓަރ
ކުރީގެ ނައިބު ރައިސް އަދީބު
އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަދީބު ރާއްޖެއަށް ގެނެވޭނެ
އަދީބު ރާއްޖެއަށް ވަޑައިގަންނަވަނީ ދިވެހި ފުލުހުންގެ ހަވާލުގައިކަމަށް މައުލޫމާތު ލިބޭ
އަދީބު އިންޑިއާއަށް ފިއްލަވަން މަސައްކަތްކުރެއްވި ޓަގުބޯޓުގެ ފަޅުވެރިންވެސް އޭނާއާ އެކު ފޮނުވާލާފައިވޭ

ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއަށް ގެނެވޭނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ދިވެހި ފުލުހުންގެ ހަވާލުގައި އަދީބު ރާއްޖެއަށް ފޮނުވާލާފައިވަނީ، އިންޑިއާއިން ސިޔާސީ ހިމާޔަތައް އެދިފައިވަނިކޮށެވެ. އިންޑިއާގެ ވިއޯން ނޫހަށް މައުލޫމާތުދިން އިންޑިއާގެ އޮފިޝަލަކު ވިދާޅުވީ، އަދީބު ޑީޕޯޓްކޮށްލީކީއެއް ނޫންކަމަށާއި، އޭނާ އިންޑިއާއަށް އެތެރެވިޔަނުދީ ފޮނުވާލީ ކަމަށެވެ. އަދި އަދީބު އެއްވެސް އިރެއްގައި ހައްޔަރުކޮށްފައި ނުވާކަމަށް ވެސް އިންޑިއާގެ އޮފިޝަލް މައުލޫމާތު ދެއްވާފައިވެއެވެ.

Advertisement

އަދީބު އަނބުރާ ރާއްޖެއަށް ފޮނުވާލާފައިވަނީ އޭނާ އިންޑިއާއަށް އެތެރެވާން މަސައްކަތްކުރެއްވި ޓަގްބޯޓުގައެވެ. އަދީބު ފިއްލެވިގޮތުގެ ތަހުގީގުކުރިއަށް ގެންދިޔުމަށް އޭނާ ދަތުރުކުރި ޓަގްބޯޓުގެ ފަޅުވެރިންވެސް އަނބުރާ ފޮނުވާލާފައިވާކަމަށްވެސް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބީ އިންޑިނޭޝިއާގެ އަށް މީހަކާއި އިންޑިއާގެ އެކަކެވެ.

އަދީބު ފިއްލަވަން މަސައްކަތްކުރެއްވި ވަރގޯ-9 ޓަގްބޯޓު

ދިވެހި ފުލުހުންގެ ޓީމެއް އަދީބާ ސުވާލުކުރުމަށް އިންޑިއާއަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އަނބުރާ ރާއްޖެއަށް އައުމުގެ ދަތުރު ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

Advertisement

Advertisement
- ކޮމެންޓް