Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 15:11
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ
އޭސީސީ
އޭސީސީ
ލުތުފީ ގިނަ ތުހުމަތު ތަކެއް ކުރައްވާ އޯޑިއޯއެއް އާންމު ވެއްޖެ!
ރާއްޖެ ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވީ މި ސަރުކާރުން އިންޒާރު ދީ ބިރު ދެއްކުމުން ކަމަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ތުހުމަތުތަކެއް ކުރައްވާ ފޯނު ކޯލެއްގެ އޯޑިއޯއެއް އާންމު ވެއްޖެއެވެ.

އެގޮތުން މި އޯޑިއޯ ކްލިޕްގައި، ރާއްޖެއިން ބޭރުގައި ލުތުފީ އުޅުއްވަނީ ސަރުކާރާއި ޑީލެއް ހަދައިގެންތޯ މީހަކު ސުވާލު ކުރުމުން ލުތުފީ ވިދާޅުވެފައިވަނީ ރާއްޖެ ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވީ ޑީލެއްގެ ދަށުން ނޫން ކަމަށާއި، ކަން ހިނގާ ދިޔަގޮތުގެ ހަގީގަތެއް އެއްވެސް މީހަކަށް ނޭނގޭކަމަށެވެ.

Advertisement

މީގެ އިތުރުން ލުތުފީ އޯޑިއޯ ކްލިޕްގައި ވިދާޅުވަނީ އޭނާއަށް ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ދޮގު ހެކިބަހާއި ބަޔާން ނެގުމަށް މި ސަރުކާރުން އޭނާ އަށް އިންޒާރުދީ، ބިރުދައްކާފައިވާކަމަށެވެ. އިންޒާރު ދިނީ ކޮންބައެއްކަން ވިދާޅުނުވިނަމަވެސް އޭނާ ފުރައިގެން ދިޔައީ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ކަމަށާއި އޭނާ އަށް މަގުމަތިންވެސް ހަމާލާދީ، ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔަ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ އަތުގައި ހަމަލާ ދިން ކަމުގެ ފޮޓޯތަކެއް ހުރި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އޯޑިއޯ ކްލިޕްގައި ލުތުފީ ވިދާޅުވެފައިވަނީ ދެން އަނބުރާ ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ސީދާ އަހަރެން އޮފީހަށް ގޮސް އަހަރެންނަށް އިންޒާރުދީ، ފްރޭމްކޮށްފަ ހައްޔާރުކުރާނަމޭ ކިޔާފަ ބިރުދައްކާ، އޭގެ ފަހުން ރޭގަނޑު ނިދެނީކީނޫން، އެކި މީސް މީހުން ލައްވާ ފޯނު ކުރުވާ ބިރުދައްކާ މަގުމަތިން މާރަމާރީ ހިންގާ
އޭސީސީ ގެ ކުރީގެ ރައީސް ހަސަން ލުތުފީ

ލުތުފީ ޖޫން މަހު އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ އިން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ. މީގެ އިތުރުން އޭސީސީން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ސިޓީގައި ލުތުފީ އެންމެ ފަހުން ވަޒީފާއަށް ނުކުމެވަޑައިގަތީ މިދިއަ ފެބްރުއަރީ ހަވަނަ ދުވަހު ކަމަށާއި މިދިޔަ އޭޕްރީލް 14 އާ ހަމައަށް އޭނާ ޗުއްޓީ ނަންގަވާފައިވާ ކަމަށްވެއެވެ.

މިފަދަ ތުހުމަތެއް ލުތުފީ ކުރަޢްވާފައި މިވަނީ ކުރީގެ ނައިބު ރައީސް އަހްމަދް އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބައިނަލްއަގްވާމީ ބަޔާނެއްގައި ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް އޭނާ ލައްވާ މަޖުބޫރުން ސޮއި ކުރައްވަންދެން އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާ ނުދީ ހިފެހެއްޓި ކަމަށް ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން އަދާހަމައަށް މިކަމާއި ގުޅޭގޮތުން އެއްޗެކޭ ބުނެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް