Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 09:20
ގްލޯބަލް އޭވިއޭޝަން ކޯޕަރޭޝަން ސިމްޕޯޒިއަމްގެ ތެރެއިން
ގްލޯބަލް އޭވިއޭޝަން ކޯޕަރޭޝަން ސިމްޕޯޒިއަމްގެ ތެރެއިން
ޓްރާންސްޕޯޓް މިނިސްޓްރީ
ގްލޯބަލް އޭވިއޭޝަން ކޯޕަރޭޝަން ސިމްޕޯޒިއަމް
ގްލޯބަލް އޭވިއޭޝަން ކޯޕަރޭޝަން ސިމްޕޯޒިއަމްގައި މިނިސްޓަރު ނަހުލާ ބައިވެރިވެވަޑައިގެންފި
މިސިމްޕޯޒިއަމް ކުރިއަށް ގެންދިޔައީ ތައިލެންޑް، ޕުކެޓް ގައި
ސިވިލް އޭވިއޭޝަންގެ ދާއިރާ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި

ސިވިލް އޭވިއޭޝަން މަޝްވަރާތައް ކުރުމަށް ބޭއްވި ގްލޯބަލް އޭވިއޭޝަން ކޯޕަރޭޝަން ސިމްޕޯޒިއަމްގައި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންފި އެވެ.

ތިންވަނަ ގްލޯބަލް މި ސިމްޕޯޒިއަމް ކުރިއަށް ގެންދިޔައީ ތައިލެންޑް، ޕުކެޓް ގައެވެ. ޓްރާންސްޕޯޓު މިނިސްޓްރީ ބުނީ، މި ސިމްޕޯޒިއަމްގައި ސިވިލް އޭވިއޭޝަންގެ ދާއިރާ ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނާއި، އަދިވެސް ދާއިރާގެ އެހެނިހެން ކަންކަމާ ބެހޭ ގޮތުން ފުޅާ ދާއިރާގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ ބުނީ، ސިވިލް އޭވިއޭޝަން ދާއިރާ މިވަގުތު އޮތް ހާލަތާއި ދިމާވާދަތިތަކުގެ އިތުރުން ގޮންޖެހުންތަކާއި ބެހޭ ގޮތުން މިނިސްޓަރު ނަހުލާ ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި ދިމާވާ މައްސަލަތައް ހައްލުކުރުމާ ބެހޭ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވި ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

މިސިމްޕޯޒިއަމް އަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނަޒޭޝަން (އިކާއޯ) ގެ ޓެކްނިކަލް ކޯޕަރޭޝަން ބިއުރޯއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ތައިލެންޑް ގުޅިގެން ކުރިއަށް ގެންދިޔަ ސިޕްމޯޒިއަމް އެކެވެ.

މި ސިމްޕޯޒިއަމްގެ ހަވާސާގައި މިނިސްޓަރު ނަހުލާ ވަނީ އިކާއޯގެ ރައީސްގެ އިތުރުން އެކި ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.

މިދިޔަ މަހު 21 އިން 25 ކުރިއަށް ދިޔަ ސިމްޕޯޒިއަމް ގެ ޝިއާރަކީ، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ހިންގުމުގައި މަސައްކަތް ކުރަން ޖެހޭ އޮނިގަނޑާއި އަދި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް