Advertisement
ކ. މާލެ
|
3 އޯގަސްޓް 2019 | ހޮނިހިރު 07:43
ހަނިމާދޫ ކައުންސިލަރުން ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު
ހަނިމާދޫ ކައުންސިލަރުން ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު
ރައީސް އޮފީސް
ނައިބް ރައީސް ފައިސަލް ނަސީމް
ހަނިމާދޫ އެއަރޕޯޓުގައި ވަސީލަތްތައް ތަރައްގީ ވެފައިނުވާތީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
ނައިބު ރައީސް މާލެ ވަޑައިގެންނެވީ ހުކުރު ދުވަހު
އެއާޕޯޓުގައި މުވައްޒަފުން މަދުކަން ކައުންސިލުން ފާހަގަކުރި
ކުނި މެނޭޖް ކުރުމަށް އަވަސް ހައްލަކަށް އެދުނު

ހަނިމާދޫ އެއަރޕޯޓު ބައިނަލްއަގްވާމީ އެއަރޕޯޓަކަށް ބަދަލުވި ނަމަވެސް އެފެންވަރުގެ ވަސީލަތްތައް އެއަރޕޯޓުގައި ތަރައްގީވެފައި ނުވާތީ އެ ރަށު ކައުންސިލުގެ ކަންބޮޑުވުން ނައިބް ރައީސް ފައިސަލް ނަސީމްއާ ހިއްސާކުރައްވައިފިއެވެ.

ނައިބު ރައީސް ފައިސަލް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ބުރާސްފަތި ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހުކުރު ދުވަހުގެ ރޭ ވަނީ މާލެ ވަޑައިގެންފައެވެ.

މާލެ ފުރާވަޑައިގަތުމުގެ ކުރިން ނައިބް ރައީސް ވަނީ އެރަށުގެ ޒުވާނުންނާ ހަނިމާދޫ އެއާޕޯޓުގައި ބައްދަލުކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހައްލު ހޯއްދެވުމަށް މަޝްވަރާ ކުރައްވާފައެވެ.

Advertisement

އޭގެ އިތުރުން މަގުހެދުމުގެ މަޝްރޫއާއި، ބަނދަރު ހެދުމުގެ މަޝްރޫއު އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. ހޮސްޕިޓަލާއި، އެއަރޕޯޓްގެ މުވައްޒަފުން މަދުވުމުން ދިމާވާ ދަތިތައް ކައުންސިލުން ފާހަގަކުރިއެވެ. އަދި ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތައް އަވަހަށް ހައްލު ކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އެ ރަށަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ނައިބް ރައީސް ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް