އިންޑޮނޭޝިއާގެ ސުމަތުރާއަށް 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެމުއް އައުމާ ގުޅިގެން ސުނާމީގެ އިންޒާރުދީފަ އެވެ.
ހުކުރު ދުވަހުގައި ބިންހެލުން އައި ސަރަހައްދަށް ވަނީ ސުނާމީ އަރާފާނެކަމުގެ އިންޒާރުވެސް ދީފައެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓަރ މިޑިގޭޝަނުން ވަނީ އެ ޤައުމުގެ ޖާވާގެ ބަންޓެން ސަރަހައްދުތަކުގައި އުޅޭ މީހުން ވީހާވެސް އަވަހަށް އުސް ހިސާބުތަކަށް ދިޔުމަށާއި ރައްކާވެތިބުމަށް އަންގާފައެވެ.
ފުރަތަމަ 7.4 މެގެނިޓިއުޑްގެ ބާރުމިނުގައި ރިކޯޑް ކުރެވުނު ބިންހެލުން އައިސްފައިވާނި އިންޑޮނޭޝިއާގެ ސުމަތުރާގެ ހުޅަނގު ދެކުނުން 147 ކިލޯމީޓަރު ދުރުން 10 ކިލޯމިޓަރުގެ އަޑިންނެވެ.
އިންޑޮނޭޝިއާއަކީ ޕެސިފިކްގެ "ރިންގް އޮފް ފަޔާރ" ގައި އޮންނަ ޤައުމަކަށްވުމުން ވަރަށް ގިނައިން އިންޑޮނޭޝިއާއަށް ބިންހެލުމާއި ފަރުބަދަ ގޮވުމުގެ ހާދިސާތައް ކުރިމަތިލާންޖެހެ އެވެ. އަދި މިހާތަނަށް އެއްވެސް ގެއްލުމެއްވީކަމުގެ ރިޕޯޓްތައް ލިބިފައިނުވާއިރު، ބިންހެލުމުގައި ބިންގަނޑުގެ ގުޑުން ވަނީ ޖަކާޓާގެ ގިނަ ބަޔަކަށް އިހްސާސްކުރެވިފައެވެ. ގިނަ ބަޔަކު ވަނީ އުސްއިމާރާތްތަކުން ފައިބާ ރައްކާތެރިތަންތަނަށް ގޮސްފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
