ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 18:15
މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ
މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ
މާޒިޔާ ސްޕޯރޓްސް ކްލަބް
އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި
އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި: ދެވަނަ މެޗުން ބޮޑު ތަފާތަކުން މާޒިޔާ މޮޅުވެއްޖެ
މާޒިޔާ މޮޅުވީ ފަސްޓް ކިކް އެސްއެސްއޭއާ ވާދަކޮށް 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިންޑިއާގައި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއިގައި ކުޅުނު ދެވަނަ މެޗުން ބޮޑު ތަފާތަކުން މާޒިޔާ މޮޅުވެއްޖެއެވެ.

ހުކުރު ދުވަހު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ފަސްޓް ކިކް އެސްއެސްއޭއާ ވާދަކޮށް 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގައި މާޒިޔާގެ ޔޫޝައު ބިން އަލީ ނަޝީދު އާއި މުހައްމަދު އިޔާން ދެ ލަނޑު ކާމިޔާބުކުރިއިރު، އިސްމާއިލް ލިއާޒް އަދި މުހައްމަދު އުވައިސްވެސް ވަނީ ލަނޑު ޖަހާފައެވެ.

މުބާރާތުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން 1-2 ގެ ނަތީޖާއިން ރިލަޔަންސް އެކަޑަމީ އަތުން ބަލިވެފައިވީ ނަމަވެސް، އެ މެޗުގައި މާޒިޔާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މުބާރާތުގައި މާޒިޔާ ކުޅޭ ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ނިކުންނާނީ ސްޕޯޓްޒް ނޭޝަންއާ ދެކޮޅަށެވެ.

މިއީ މި މުބާރާތް ބާއްވާތާ ތިންވަނަ ފަހަރަށްވާއިރު، މިއީ މުބާރާތުގައި ރާއްޖޭގެ އެކަޑަމީއަކުން ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. މުބާރާތުގައި އިންޑިއަން ސުޕަ ލީގު އަދި ބޮޑެތި ފުޓުބޯޅަ އެކަޑަމީތަކުން ވެސް ބައިވެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް