ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 17:38
ޑެނީ އަލްވޭސް
ޑެނީ އަލްވޭސް
ގެޓީ އިމޭޖަސް
ޑެނީ އަލްވޭސް
ޑެނީ އަލްވޭސް ސައޮ ޕައުލޯއަށް ބަދަލުވެއްޖެ
އަލްވޭސް ސައޮ ޕައުލޯއަށް ބަދަލުވީ 2022 ވަނަ އަހަރުގެ ނިޔަލަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންޑަރ ޑެނީ އަލްވޭސް ސައޮ ޕައުލޯއަށް ބަދަލުވެއްޖެއެވެ.

އުމުރުން 36 އަހަރުގެ އަލްވޭސް ސައޮ ޕައުލޯއަށް ބަދަލުވެފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށެވެ.

ސައޮ ޕައުލޯއަށް ބަދަލުވުމަށް ފަހު އަލްވޭސް ބުނީ، އޭނާއަށް އެހެން ޓީމަކަށް ކުޅުމުގެ ފުރުސަތު އޮތް ކަމަށާއި، ނަމަވެސް ބޭނުންވީ ބްރެޒިލްއަށް އެނބުރި އަންނަން ކަމަށެވެ. އަދި ސައޮ ޕައުލޯއަކީ އޭނާ ލޯބިވާ ކްލަބެއް ކަމަށްވެސް އަލްވޭސް ވަނީ ބުނެފައެވެ.

ސެވިއްޔާ އިން 2008 ވަނަ އަހަރު ބާސާއަށް ބަދަލުވި މިހާރު އުމުރުން 36 އަހަރުގެ ޑެނީ އަލްވޭސް ވަނީ އެޓީމުގައި ހޭދަކުރި 8 ސީޒަނުގައި ކުޅުނު 391 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލަލީގާ ހަ ފަހަރު، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، ތިން ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.

ބްރެޒިލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު އަދި ކޮޕާ އެމެރިކާ ދެފަހަރު ކާމިޔާބު ކޮށްފައިވާ އަލްވޭސް ޔުވަންޓަސް އަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 33 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ޔުވަންޓަސް ދޫކޮށް 2017 އަހަރު އަލްވޭސް ބަދަލުވީ ޕީއެސްޖީ އަށެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 73 މެޗުގައި 8 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަދި އަލްވޭސް ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު، ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް