ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 19:38
ރެއާލްގެ މިޑްފިލްޑަރު ޓޯނީ ކްރޫޒް
ރެއާލްގެ މިޑްފިލްޑަރު ޓޯނީ ކްރޫޒް
ސްކައި ނިއުސް
ކްރޫޒް ޔުނައިޓެޑަށް ބަދަލުވަނީ
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
ރެއާލްގައި ކްރޫޒް ދިގުމުއްދަތެއްވަންދެން މަޑުކުރަން ބޭނުންވޭ
ކްރޫޒް އަންނަނީ ޔުނައިޓެޑާ މަޝްވަރާކުރަމުން
ކްރޫޒް ވަނީ ރެއާލް އަށް 213 މެޗުގައި ކުޅެދީފަ

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރު ޓޯނީ ކްރޫޒް ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑެއިލީ ސްޓާ އިން ބުނީ މި ސީޒަނަށް ފަހު ކްރޫޒް ޔުނައިޓެޑަށް ބަދަލުވާން ބޭނުންވާ ކަމަށާއި، އެގޮތުން އެކަމާ ބެހޭ ގޮތުން އޭނާ ޔުނައިޓެޑާއެކު މަޝްވަރާ ވެސް ކުރަމުންދާ ކަމަށެވެ.

ބަޔާން މިއުނިކުން ކެރިޔަރު ފެށި ކްރޫޒް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ، ޖަރުމަން އަދި ފްރާންސްގެ ބައެއް ކްލަބްތައް ވެސް ހިމެނެއެވެ.

އެހެންނަމަވެސް ކްރޫޒް އެންމެ ފަހުން ބުނެފައި ވަނީ އޭނާ ރެއާލްގައި ދިގުމުއްދަތެއް ވަންދެން މަޑުކުރަން ބޭނުންވާ ކަމަށާއި، އެ ކްލަބަށް ކާމިޔާބު ހޯދައިދޭން ބޭނުންވާ ކަމަށެވެ.

ބަޔާން މިއުނިކް އަށް ކުޅުނު 205 މެޗުގައި 25 ލަނޑު ކާމިޔާބުކޮށްފައިވާ ކްރޫޒް ވަނީ އެޓީމާ އެކު ބުންޑަސްލީގާ ތިންފަހަރު، ޖަރުމަން ކަޕް ތިންފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ބަޔާން ދޫކޮށްލުމަށް ފަހު ކްރޫޒް 2014 ވަނަ އަހަރު ރެއާލް އަށް ބަދަލުވިއިރު، އޭނާ ވަނީ އެ ކްލަބަށް މިވީތަނަށް ކުޅުނު 132 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ޖަރުމަން ގައުމީ ޓީމާއެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ.

ޖަރުމަން ޓީމުގެ ވައިސް ކެޕްޓަންކަން ވެސް އަދާކުރަމުން އަންނަ ކްރޫޒް ވަނީ އެޓީމާއެކު ފީފާ ވޯލްޑްކަޕްގެ ތިންވަނަ އަދި 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ ވެސް ދެވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް