ކ. މާލެ
|
7 މާރޗް 2017 | އަންގާރަ 17:27
އައިޝްވާރިއާ ރާއި ބައްޗަން
އައިޝްވާރިއާ ރާއި ބައްޗަން
ގޫގުލް
އައިޝްވާރިއާ ރާއި
އިއްފާގައި އައިޝްވާރިއާއަށް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް
 
މި ފިލްމުން އައިޝްވާރިއާއަށް ވަނީ ގިނަ ކާމިޔާބީތަކެއް ލިބިފަ

ރީތީގެ ރާނީ އަދި ބޮލީވުޑްގެ ކާމިޔާބު ބަޠަލާ އައިޝްވާރިއާ ރާއި ބައްޗަންއަށް އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް އެންޑް އެވޯޑްސް އޮފް އޮސްޓްރޭލިއާ (އިއްފާ) އެވޯޑްސްގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ލިބިއްޖެއެވެ.

އައިޝްވާރިއާއަށް މި އެވޯޑް ލިބިފައިވަނީ، ސަރަބްޖިތު ސިންގ ގެ ޙަޔާތަށް ބިނާކޮށް ހަދާފައިވާ "ސަރްބްޖީތު" ގައި އޭނާ ކުޅެފައިވާ، ދަލްބީރް ކޯރްގެ ރޯލުންނެވެ.

އޮމަންގް ކުމާރް ޑައިރެކްޓް ކޮށްފައިވާ "ސަރްބްޖީތު" އަކީ، ޕާކިސްތާނުގައި ބޮންތަކެއް ގޮއްވި މައްސަލައިގެ ތުޙުމަތުގައި ހައްޔަރުކޮށް، ޕާކިސްތާނުގެ ސުޕްރީމް ކޯޓުން 1991 ވަނަ އަހރު މަރަން ޙުކުމް ކުރި އިންޑިއާގެ ދަނޑުވެރިއެއް ކަމުގައި ސަރަބްޖީތު ސިންގްގެ ހަޔާތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ދައްކައިދެނީ ސަރަބްޖީތު ސަލާމަތް ކުރުމަށް އޭނާގެ އާއިއިލާއިންނާއި ޚާއްސަކޮށް އޭނާގެ ކޮއްކޮ ދަލްބީރު ކުރާ މަސައްކަތާއި، ޕާކިސްތާނު ސަރުކާރުން ސަރަބްޖީތުގެ މަރުގެ ޙުކުމް ތަންފީޒުނުކޮށް ލަސްކުރަމުން ދިޔަ ގޮތާއި، 2013 ވަނަ އަހަރު ޖަލުގައި ސަރަބްޖީތަށް ދިން ހަމަލާގައި އޭނާ މަރުވެގެން ދިޔަގޮތެވެ.

މި ފިލްމު ވެގެން ގޮސްފައިވަނީ 5 އަހަރަށް ފަހު އެނބުރި ބޮލީވުޑްގައި މަސައްކަތްކުރަން ފެށި އައިޝްވާރިއާގެ ހުނަރާއި މެދު ޔަޤީންކަން އިތުރުވެ، އޭނާއަށް ގިނަ ކާމިޔާބުތަކެއް ލިބުނު ފިލްމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް