ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 08:54
މިސްރުގެ ކޮފީ ޝޯޕެއްގެ ބޭރުގައި ބަޔަކު ކޮފީބޯން މަޑުކޮށްލައިގެން
މިސްރުގެ ކޮފީ ޝޯޕެއްގެ ބޭރުގައި ބަޔަކު ކޮފީބޯން މަޑުކޮށްލައިގެން
ހަފިންގްޓަން ޕޯސްޓް
މިސްރުގެ
މިސްރުގައި ވަރި ކޮންޓްރޯލް ކުރުމަށް ކޮފީ ޝޮޕްތައް ދަންވަރަށް ބަންދު ކުރަނީ
މީހުންގެ ފިރިން ރޭގަނޑު ދަންވަންދެން ހޭލާ ތިބުމުގެ ސަބަބުން ވަރި ގިނަވޭ
އަމަލު ނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ
ވަރީގެ އަދަދު ވަނީ ގިނަވެފައި

މިސްރުގެ ސުއޭޒް ކެނަލްގެ އަލް އިސްމާއިލިއްޔާ ޕްރޮވިންސްގައި ވަރީގެ އަދަދު މަދުކުރުމުގެ ގޮތުން ކޮފީބޯ ތަންތަން ރޭގަނޑު އަވަހަށް ބަންދު ކުރުމަށް އެ ޕްރޮވިންސްގެ ސަރުކާރުން ސާކިއުލާ އެއް ނެރެފިއެވެ.

ކެފޭތަކާއި ސައިބަރ ގޭމް ސްޓޯރްތައް ރޭގަނޑު އެކެއްގެ ކުރިން ބަންދުކުރަން އެ ޕްރޮވިންސްގެ ގަވަރުނަރު މޭޖަރ ޖެނަރަލް ހަމްދީ އޮތްމަން ވަނީ މިދިޔަ ހަފްތާގައި އަންގާފައެވެ.

މީހުންގެ ފިރިން ރޭގަނޑު ދަންވަންދެން ހޭލާ ތިބެގެން މަހެއްގެ މައްޗަށް 600 އާއި 1000 ދެމެދުގެ ދިރްހަމް (60-30 ޑޮލަރު) ކޮފީއަށް ހަރަދުކުރުން އެއީ ވަރި ގިނަވާ އެއް ސަބަބު
ހަމްދީ އޮތްމާން ~ އިސްމާއިލިޔާ ޕްރޮވިންސްގެ ގަވަރުނަރު ~

އެހެން ޕްރޮވިންސް ތަކާއި އަޅާއި ބަލާއިރު އެ ސަރަހައްދުގައި ވަރީގެ އަދަދު ގިނަވެފައިވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގަވާއިދާ އަމަލު ނުކުރާ ފަރާތްތަކުގެ ފިހާރާ ބަންދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

ފާއިތުވި އަހަރުތަކުގައި މިސްރުގައި ވަރީގެ އަދަދު ގިނަވާނެ ކަމަށް އޮފިޝަލުން ވަނީ މީގެ ކުރިން އިންޒާރު ދީފައެވެ. 2017 ވަނަ އަހަރު 198،000 (އެއްލައްކަ ނުވަދިހަ އަށްހާސް) ވަރި ރިޕޯޓް ކުރެވިފައިވާއިރު އެ އަދަދަކީ ކުރީގެ އަހަރުތަކާއި އަޅާބަލާއިރު 3.2 އިންސައްތަ އިތުުރު އަދަދެއް ކަމަށް މިސްރުގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިސްރުގެ އާއިލާތަކަށް ލިބޭ އާމްދަނީގެ 4.7 ޕަސެންޓް ހޭދަކުރާނީ ދުންފަތުގެ އިސްތިއުމާލު ކުރަން ކަމަށް މިދިޔަ ހަފްތާގައި ސެންޓްރަލް އެޖެންސީ ފޯ ޕަބްލިކް ސްޓެޓިސްޓިކް މޯބަލައިޒޭޝަން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

- ކޮމެންޓް