ކ. މާލެ
|
1 އޯގަސްޓް 2019 | ބުރާސްފަތި 11:54
ސަލްމާން އާއި ލޫލިޔާ
ސަލްމާން އާއި ލޫލިޔާ
ނިއުސް 18
ސަލްމާންހާން - ލޫލިޔާ
ލޫލިޔާގެ އުފަން ދުވަހު ސަލްމާން ދިނީ ޑައިމެންޑް އަނގޮޓީއެއް
ހަދިޔާ ދިނީ މަންމަގެ އެދުމުގެ މަތިން
ސަލްމާން އަކީ ލޫލިޔާ އަށް ވަރަށް ''ސްޕެޝަލް'' މީހެއް
ލޫލިޔާގެ ފުރަތަމަ ބޮލީވުޑް ފިލްމަށް އޭނާ ދަނީ ތައްޔާރުވަމުން

ސަލްމާންހާން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރިފައިވާ ރޮމޭނިޔާގެ ޓިވީ ޕްރެޒެންޓަރު ލޫލިޔާ ވަންތޫރުގެ އުފަން ދުވަހުގެ ހަދިޔާ އަކަށް ސަލްމާން އޭނާއަށް ޑައިމެންޑް އަނގޮޓީއެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ލޫލިޔާ އަށް އަނގޮޓީ ދީފައިވަނީ ސަލްމާންގެ މަންމަގެ އެދުމުގެ މަތިންނެވެ. ސަލްމާން އާއި ލޫލިޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާގައި އަޑު ފެތުރެމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ޕާޓީ ތަކުންނާއި ހަފްލާތަކުން ދެ މީހުން އެއްކޮށް ވަރަށް ގިނައިން ފެނެއެވެ.

ރައްޓެހިވެގެން އުޅޭ ކަމަށް ދެމީހުން ކުރެ އެކަކުވެސް ބުނެފައި ނުވިޔަސް، ލޫލިޔާ ބުނާގޮތުން ސަލްމާން އަކީ އޭނާގެ ދިރިއުޅުމުގައި ވަަރަށް ''ސްޕެޝަލް'' މީހެކެވެ. އުމުރުން 39 އަހަރުގެ ލޫލިޔާ އަކީ ސަލްމާންގެ އާއިލާއާ ވެސް ވަރަށް ގާތްގުޅުމެއް އޮންނަ މީހެކެވެ.

ލޫލިޔާ މިހާރު ތައްޔާރުވަމުން ދަނީ ޑިސެމްބަރު މަހު ނެރެން ހަމަޖެހިފައިވާ އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު ''ރާދާ ކިޔު ގޯރީމޭ ކިޔު ކާލަ'' އަށެވެ. ސަލްމާންގެ ކުރިޔަށް ހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ އުޅެނީ ''ދަބަންގް 3'' ގެ ޝޫޓިންގައި ބިޒީކޮށެވެ. ސާޖިދް ނާދިއާދްވާލާ ދަނީ ސަލްމާން ހަރަކާތްތެރިވާ ''ކިކް 2'' ގެ ސްކިރްޕްޓް ލިޔުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ އަހަރު ޝޫޓިން ފެށޭނެ ކަމަށް ސާޖިދު ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް