ކ. މާލެ
|
31 ޖުލައި 2019 | ބުދަ 22:34
ހަމަލާ އަށް ފަހު ރާންދަވާ ނަގާފައިވާ ފޮޓޯއެއް
އިންސްޓަގްރާމް
ގުރޫ ރާންދަވާ
ޝޯގެ ތެރެެއިން ގުރޫ ރާންދަވާ އަށް ހަމަލާދީފި
ހަމަލަ ދީފައިވަނީ ކެނެޑާގައި
ހާލު ރަނގަޅުވެ ، އިންޑިއާގައި

ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ގުރްޝަރަން ޖޯތް ސިންގް (ގުރޫ ރާންދަވާ) ކެނެޑާގައި ޝޯއެއް ހުށައަޅަމުން ދަނިކޮށް ހަމަލާ ދީފިއެވެ.

ކެނެޑާގެ ވެންކޫވާގެ ކުއީން އެލިޒަބަތް ތިއޭޓަރުގައި އާދިއްތަ ދުވަހުގެރޭ ޝޯ ހުށައަޅަމުން ދަނިކޮށް ހަމަލާ ދީފައިވަނީ ރަންދަވާގެ މޫނަށެވެ. ހާލު ރަނގަޅުވަމުން އަންނަ ކަމަށް އިންސްޓަގްރާމްގައި އަޕްލޯޑް ކުރި ފޮޓޯގައި އޭނާ ވަނީ ބުނެފައެވެ.

ރާންދަވާ އަށް ހަމަލާ ދީފައިވަނީ ޝޯ ހުށައަޅަމުން ދަނިކޮށް ޕަންޖާބު މީހަކު ސްޓޭޖަށް އަރަން އުޅުމުން އެމީހާ ކައިރީ ނާރާށެ ބުނުމުންނެވެ. ތަކުރާރުކޮށް ސްޓޭޖަށް އެމީހާ އަރަން ދިމާކުރުމުން ޝޯގެ ޕްރޮމޯޓަރު ވަނީ އެމީހާ ދުރަށް ޖައްސާފައެވެ. ޝޯ ނިންމާލުމަށް ފަހު ރާންދަވާ ސްޓޭޖުން ފައިބަން ދަނިކޮށް ޕަންޖާބީ މީހާ ވަނީ އޭނާގެ މޫނުމަތީގައި އަތް މުއްކަވާފައި އެތިފަހަރެއް ޖަހާފައެވެ. އޭގެ ސަބަބުން މޫނުން ލޭ އައިކަމަށް ރާންދަވާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

ގުރޫ އަކީ ޕަންޖާބީ ލަބަކިޔުންތެރިންގެ ތެރެއިން ބޮލީވުޑް ގައި އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ އެވެ. އޭނާގެ ''ހައި ރޭޓޭޑް ގަބްރު'' އަކީ އެންމެ ފާހަގަ ކޮށްލެވޭ އެއް ލަވައެވެ. ހިންދީ މީޑިއަމް ފިލްމަށް ކިޔާފައިވާ ލަވަ ''ސޫޓް''ގެ އިތުރުން ''ބަންޖާ ރާނީ'' އަކީ ވެސް ގުރޫގެ ހިތްގައިމު ލަވަތަކުގެ ތެރޭ ހިމެނޭ ލަވަތަކެވެ.

- ކޮމެންޓް