ކ. މާލެ
|
31 ޖުލައި 2019 | ބުދަ 20:15
15 އަހަރުން ދަށުގެ ގައުމީ ޓީމު
15 އަހަރުން ދަށުގެ ގައުމީ ޓީމު
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
ޒުވާން ފުޓުބޯޅަ ޓީމު
ސާފު ޗެމްޕިއަންޝިޕްގެ ބަދަލުގައި ރާއްޖޭގެ ޒުވާން ޓީމު ވާދަކުރާނީ ގަތަރުގައި ބާއްވާ މުބާރާތުގައި
ޒުވާން ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދިނުން އެއީ އެފްއޭއެމްގެ އަމާޒު

އޮގަސްޓްމަހުގައި ގަތަރުގެ ދޯހާގައި އޮންނަ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތެއްގައި ރާއްޖޭގެ ގައުމީ 16 އަހަރުންދަށުގެ ޓީމު ބައިވެރިވާން ނިންމައިފިއެވެ.

ގަތަރުގެ ދޯހާގައި ބާއްވާ މުބާރާތުގައި ބައިވެރިވާން ރާއްޖޭގެ ޓީމު ނިންމުމާއި ގުޅިގެން ރާއްޖޭގެ ޒުވާން ގައުމީ ޓީމަށް މިއަހަރު ޖުލައި މަހު އޮންނަ ސާފް ޗެމްޕިއަންޝިޕް ގައި ނުކުޅެވޭނެއެވެ. ގަތަރު މުބާރާތް އޮގަސްޓް މަހުގެ 23 އިން 30 އަށް އޮންނަ އިރު އިންޑިއާގައި ސާފް ޗެމްޕިއަންޝިޕް އޮންނާނީ އޮގަސްޓް މަހުގެ 21 އިން 30 ގެ ނިޔަލަށެވެ.

އެފްއޭއެމްއިން ބުނީ ރާއްޖޭގެ ޒުވާން ޓީމު ގަތަރު މުބާރާތުގައި ބައިވެރި ކުރުވަން ނިންމީ އެ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕްއަށްވުރެ، ފެންވަރުގެ ގޮތުން ވަރުގަދަ މުބާރާތެއް ކަމަށާއި އެ މުބާރާތުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް އިތުރު ތަޖުރިބާއެއް ލިބޭނެކަމަށެވެ.

މިދިޔަ އަހަރު ނޭޕާލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ޒުވާން ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައެވެ. މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ބައިވެރި ނުވުމާއި ގުޅިގެން މި އަހަރުގެ މުބާރާތުގައި ވާދަ ކުރާނީ އިންޑިއާ، ނޭޕާލް، ސްރީލަންކާ، ބޫޓާން އަދި އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއެވެ.

އެފްއޭއެމް އިން އަންނަނީ ޒުވާން ކުޅުންތެރިންއަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް