އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު މަޝްހޫރު ޓީވީ ޝޯވ މޭން ވާރސަސް ވައިލްޑްގައި ހަރަކާތްތެރިވާ ކަމަށް އެ ޝޯވްގެ ޕްރެސެންޓަރ ބެއާ ގްރިލްސް ބުނެފިއެވެ.
ބެއާ ގްރިލްސް ޓީސާ ޓްރެއިލާ އާއިއެކު ބުނެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނެވި ގޮތެއްގައި ޖަނަވާރު ހިމާޔަތް ކުރުމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން އިންޑިއާގެ ޖަންގަލީގައި ނަގާފައިވާ މި ޝޯއިން ދުނިޔޭގައި އުޅޭ 180 ގައުމުގެ މީހުންނަށް ނަރެންދުރަ މޯދީގެ ނުފެންނަ ފަރާތް ފެންނާނެ ކަމަށެވެ.
މޯދީ ފާހަގަ ކޮށްލެވެނީ ދުނިޔޭގައި މި ގޮތަށް ފާހަގަ ކުރެވޭ ކަންކަމާއި މެދު މީހުން އަހުލުވެރިކުރުމަށް ތަފާތު އުކުޅުތައް ބޭނުން ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
މި ޝޯވ ފާހަގަ ކޮށްލެވެނީ މި ޝޯވގެ ޕްރެޒެންޓަރ ބެއާ ގްރިލްސް ހަނަފަސްކަމާއި ޖަންގަލީގައި ދިމާވެދާނެ ތަފާތު ހާލަތްތަކުން ސަލާމަތްވާނެ ގޮތްތައް ދައްކުވައިދޭތީއެވެ.
މޯދީއާއި ބެއާ ގްރިލްސް ގެ މި ޝޯވ ދައްކަން ފަށާނީ 12 އޯގަސްޓްގައި ޑިސްކަވަރީ ޗެނަލްއިންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
