ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 20:07
ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔެއް
ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔެއް
އެމްއޯސީ
ބެޑްމިންޓަން
އޮފީސް ކުންފުނިތަކުގެ ފަސްވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް ފަސްކޮށްފި
މިއީ މި މުބާރާތް ބާއްވާ ފަސްވަނަ ފަހަރު

ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ފަސްވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ.

21 އޮގަސްޓުން 30 އޮގަސްޓަށް ބޭއްވުމަށް ތާވަލުކުރި ސަރުކާރު އޮފީސް ކުންފުނިތަކުގެ ފަސްވަނަ ޗެމްޕިއަންޝިޕް އެކުވެނި އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރިޔަށް ގެންދާތީ އެތާރީހްގައި އެމުބާރާތް ބޭއްވެން ނެތްކަމަށް ބޭޑްމިންޓަން އެސޯސިއޭޝަން އިން ބުނެއެވެ.

މީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންއިން ބުނީ މި މުބާރާތް ދެން ބޭއްވެނީ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ދެމުބާރާތަށް ފަހުގައި ކަމަށެވެ. އަދި މުބާރާތް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެކަމަށް އެ އެސޯސިއޭޝަން އިން ބުނެއެވެ.

ބެޑްމިންޓަން އަކީ ރާއްޖެއަށް ކުޅިވަރުން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކުޅިވަރެކެވެ. މި ފަހުން ބޭއްވުނު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ސިންގަލް އިވެންޓުން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔެއް ވަނީ ރަން މެޑަލް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް