ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 19:28
ރާއްޖޭގެ ކޮންޓިޖެންޓް އެނބުރި ގައުމަށް އައުމުން މަރުހަބާ ކިޔަނީ
ރާއްޖޭގެ ކޮންޓިޖެންޓް އެނބުރި ގައުމަށް އައުމުން މަރުހަބާ ކިޔަނީ
ޝުއައިބް މުހައްމަދު އިގްބާލް
އައިއޯއައިޖީ
15 މެޑައްޔާއެކު ރާއްޖޭގެ ކޮންޓިޖެންޓް އެނބުރި ރާއްޖެ އަތުވެއްޖެ
މި މުބާރާތުގައި ރާއްޖެއިން ވަނީ ޓާރގެޓް ކުރި އަދަދަށް މެޑަލް ހޯދައިފައި

މޮރިޝަސްގައި ކުރިޔަށްދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް އިން ހޯދި މެޑަލްތަކާއެކު ރާއްޖޭގެ ކޮންޓިޖެންޓް އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

އެއަރޕޯޓުން، މިނިސްޓްރީތަކުގެ އިސްވެރިންނާއި، ކުޅިވަރު އެސޯސިއޭޝަން ތަކުގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ މެމްބަރުންވަނީ ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފައެވެ.

އައިއޯޖީއަށް ދިވެހި ކޮންޓިޖެންޓް ފުރީ 15 މެޑައްޔަށް ޓާރގެޓް ކޮށްގެންނެވެ. މި އަދަދަށް ރާއްޖޭގެ ކޮންޓިޖެންޓް ވަނީ މުބާރާތް ނިންމާލިއިރު މެޑަލް ހޯދައިފައެވެ. ރާއްޖެއިން މި މުބާރާތުގައި ހޯދައިފައިވަނީ ހަތަރު ރަން މެޑައްޔާއި ހަތަރު ރިހި މެޑަލްގެ އިތުރުން ހަތް ލޯ މެޑައްޔެވެ. މި އަހަރުގެ ގޭމްސްގައި ރާއްޖޭން އެންމެ ގިނަ މެޑަލް ހޯދައިފައިވަނީ ޓީޓީ ގެ އިތުރުން ބެޑްމިންޓަނެވެ.

މި އަހަރުގެ ގޭމްސްގައި ވިދާލި ޓީޓީ ކުޅުންތެރިޔާ ދީމާ ބުނީ ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދެވުމުން އުފާވާ ކަމަށާއި، މުސްތަގުބަލުގައި މިއަށް ވުރެން ބޮޑެތި ކާމިޔާބީތަކެއް ރާއްޖެއަށް ހޯދައިދޭން ކެތްމަދުވެފައި ހުރިކަމަށެވެ.

ރާއްޖޭގެ ކޮންޓިޖެންޓް މާލެ އައުމުން މާލެއިން ރާއްޖޭގެ ޓީމަށް މަރުހަބާ ދެންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ސަރުކާރުގެ އިސްވެރިންނެވެ.

ރާއްޖޭގެ ކޮންޓިޖެންޓް މާލެ އައުމުން ބޭއްވުނު ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ރަސްމީ ދިދަ ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް