ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 17:52
ކިކްގެ މަންޒަރެއްގެ ތެރެއިން
ކިކްގެ މަންޒަރެއްގެ ތެރެއިން
ގަލްފް ޓައިމްސް
ކިކް
'' ކިކް 2'' ގެ ޝޫޓިން އަންނަ އަހަރު ފަށަނީ
ސްކްރިޕްޓު ލިޔުމުގެ މަސައްކަތް ދަނީ ކުރަމުން

ބޮލީވުޑްގެ ސުޕަރސްޓާ ސަލްމާން ހާންގެ ހެއްވާ މަޖާ ފިލްމު "ކިކް"ގެ ދެވަނަ ބައި ''ކިކް 2'' ގެ ޝޫޓިން އަންނަ އަހަރު ފެށޭނެ ކަމުގެ އިޝާރާތެއް ފިލްމުގެ ޑައިރެކްޓަރު ސަޖީދް ނާދިއަދްވާލަ ދީފިއެވެ.

''ކިކް 2'' އާއި ބެހޭ ގޮތުން ސާޖިދް ބުނެފައިވަނީ، ފިލްމުގެ ދެވަނަ ބައި ލިޔުމުގެ މަސައްކަތް ކުރަަމުންދާ ކަމަށާއި، މިހާރު އެއްބައި ''ޑްރާފްޓް'' ކޮށްފައިވާ ކަަމަށެވެ. ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށް އަންނަ އަހަރު ޝޫޓިން ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިލްމުގެ ޓީމުގެ މެމްބަރަކާއި ހަވާލަދީ ރިޕޯޓްތައް ބުނެއެވެ.

ކިކްގެ ފުރަތަމަ ބައި ގޮތަށް ދެވަނަ ބައިގެ މަންޒަރުތައް ނަގަނީ އިންޑިއާގެ އިތުރުން ބޭރުގެ ގައުމުތަކުގައެވެ. ފިލްމުގައި ސަލްމާން ކުޅެފައިވާ ''ޑެވިލް'' ގެ ރޯލަށް އިތުރު ފުރިހަމަކަން ގެނެސްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސާޖިދް ވަނީ ބުނެފައެވެ.

"ކިކް" އަކީ 2009 ވަނަ އަހަރު ހަމަ އެ ނަމުގައި ހަދާފައިވާ ތެލަގޫ ފިލްމުގެ ކޮޕީއެކެވެ. ހިންދީ ''ކިކް'' ވެގެން ގޮސްފައިވާނީ ގިނަ ބަޔަކަށް ކަމުދިޔަ ހިތްގައިމު ފިލްމެއްގެ ގޮތުގައެވެ. ސަލްމާން ހާން، ޖެކްލީން ފެނާންޑެޒްގެ އިތުރުުން ނަވާޒުއްދީން ސިއްދީގީ ނުބައިބައި ރޯލުން ފެނިގެންދިޔަ އެ ފިލްމުވެގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ނެރުނު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް ނަވާޒުއްދީން އަދާކުރި ރޯލަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

ފިލްމު ކްރިޓިކްސް ބުނާ ގޮތުން އެ ފިލްމަކީ މި ފަހުން ފެނުނު ސަލްމާންގެ އެންމެ ކާމިޔާބު ފިލްމެވެ.

- ކޮމެންޓް