ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 14:43
ކައިލީ ޖެނަރ އާއި ޖޯޑިން ވުޑްސް
ކައިލީ ޖެނަރ އާއި ޖޯޑިން ވުޑްސް
އިންސްޓަގްރާމް
ކީޕިންގ އަޕް ވިތު ދަ ކާޑޭޝިންއަންސް
ކައިލީ އެންމެ ފަހުން ޖޯޑިން ވުޑްސްއާ ގުޅުން ކަނޑާލައިފި: އަނެއްކާވެސް ކްލޯއީގެ ލޯބިވެރިއެއްގެ މައްސަލައިގައި!
ކައިލީ އާއި ޖޯޑިން ދިމާވެފައިވަނީ އެތަކެއް އަހަރެއް ކުރިން
ޖޯޑިންއަކީ ކްލޯއީއާއި އާއިލާގެ އެހެން މީހުންނާވެސް ގާތް މީހެއް
ކްލޯއީގެ ލޯބިވެރިޔާ އަދި ދަރިފުޅު ޓްރޫގެ ބައްޕަ ޓްރިސްޓަން ތޮމްޕްސަންއާއި ޖޯޑިންއާ ގުޅުމެއް ހިނގާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހު

ދައްތަ ކްލޯއީ ކާޑޭޝިއަންގެ ކުރީގެ ލޯބިވެރިޔަކާއެކު ކައިލީ ޖެނަރގެ ކުރީގެ ގާތް އެކުވެރިޔާ ޖޯޑިން ވުޑްސް ފެންނަ ވީޑިއޯއާއި ފޮޓޯތަކެއް އާންމުވުން، ކައިލީ އޭނާ އިންސްޓަގްރާމްއިން އެންމެ ފަހުން އަންފޮލޯ ކޮށްފިއެވެ.

ކްލޯއީގެ ލޯބިވެރިޔާ އަދި ދަރިފުޅު ޓްރޫގެ ބައްޕަ ޓްރިސްޓަން ތޮމްޕްސަންއާ މި އަހަރު ފެބްރުއަރީ މަހު ޖޯޑިން ގުޅުމެއް ހިންގުމާ ގުޅިގެން މަޝްހޫރު ކާޑޭޝިއަން އާއިލާގެ އެހެން ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާ އަންފޮލޯ ކޮށްފައެވެ. ނަމަވެސް ކައިލީ އެކަން ކޮށްފައި ނުވާއިރު، އޭނާ ބޭނުންވީ އަލުން ޖޯޑިންއާ ގުޅުން ރަނގަޅު ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކައިލީގެ ގާތް ފަރާތަކާ ހަވާލީހޮލީވުޑްލައިފްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ 24 ގައި ޖޯޑިއަން އާއި ކްލޯއީގެ ލޯބިވެރިޔާ ޖޭމްސް ހާޑްން އެކުގައި ހިއުސްޓަންގައި ޕާޓީ ކުރާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވި ހިސާބުން ކައިލީގެ ހިތްހަމަ ނުޖެހުން އިތުރުވިއެވެ.

އަދި ޖޯޑިން އެފަދައިން އަމަލުކޮށްފައިވަނީ އެމީހުންގެ ގުޅުން ރަނގަޅު ނުވިއަސް އޭނާއަށް އޯކޭވުމުން ކަމަށް ކައިލީ ދެކޭކަމަށާއި، ޖޯޑިން އަންފޮލޯ ކުރުމަކީ ދެ މީހުންގެ ގުޅުން ރަނގަޅުވާން ދެން ފުރުސަތެއް ނެތްކަން ޖޯޑިންއަށް އަންގަން ކައިލީ ކުރި ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅިގެން ޖޯޑިންވަނީ އޭނާގެ ވާހަކަ ކިޔާދިނުމަށް މަޝްހޫރު ތަރި ޖޭޑާ ޕިންކެޓް ސްމިތުގެ "ރެޑް ޓޭބަލް ޓޯކް"އަށް އަރާފައެވެ. ނަމަވެސް، އެއިން ވެސް މާ ބޮޑު ކަމެއް ސާފުވެފައި ނުވާއިރު، މިދިޔަ މަހު ނިމުނު "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިންއަންސް"ގެ ސީޒަން 15ގައި އެކަމަށް ދެ އެޕިސޯޑް ހާއްސަ ކޮށްފައިވެއެވެ.

މިއިން ވެސް މާ ބޮޑު ކަމެއް ސާފު ނުވާއިރު، ދެ މީހުންގެ މެދުގައި ގުޅުމެއް ހިނގިކަމަށް ޓްރިސްޓަން އެއްބަސްވެފައިވާކަމަށް ކްލޯއީގެ ދައްތަ ކިމް ބުނެއެވެ. އަދި ކަމެއްވި ކަން ދޭހަވާ ގޮތަށް، ޓްރިސްޓަންއާ އެކު މުޅި ރޭ ހޭދިކޮށްފައިވާ ކަމަށް ޖޯޑިން އެއްބަސްވިކަމަށް ކްލޯއީ ބުނެފައިވެއެވެ.

2018 ވަނަ އަހަރުގެ އޭޕްރިލް މަހު، ދަރިފުޅު ޓްރޫ ވިހެއުމަށް ދުވަސްކޮޅަކަށް ވެފައިވަނިކޮށް ވެސް ޓްރިސްޓަން ކްލޯއީއަށް ބޭވެފާވެފައިވާކަންޓީއެމްޒީއިން ރިޕޯޓްކޮށްފައިވާއިރު، މި ދެ މީހުންގެ ގުޅުން އެއްކޮށް ކެނޑުނީ ޖޯޑިންއާ އެކު ހިނގި ކަންތަކަށް ފަހުއެވެ.

- ކޮމެންޓް