މޮރިޝަސް
|
28 ޖުލައި 2019 | އާދީއްތަ 12:38
މިނިސްޓަރ މަހްލޫފް
މިނިސްޓަރ މަހްލޫފް
އެމްއޯސީ
މިނިސްޓރ މަހްލޫފް
ވަޒީރުގެ ހިތްވަރު ދިނުމުގެ އަޑުން ކުޅުންތެރިންނަށް ހިތްވަރު
ކުޅުންތެރިންނާ ވަކިވަކިން ބައްދަލުކޮށް މިނިސްޓަރ ހިތްވަރު ދެއްވި

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފަކީ ޒުވާނުންނާ ގުޅޭ މިނިސްޓަރެކެވެ. ކުޅިވަރަށް ލޯބިކުރާ މިނިސްޓަރ މިފަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ފެނިގެންދިޔައީ ވަރަށް ތަފާތުކޮށެވެ.

ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯއްދެވުމުގެ ގޮތުން 2019 ވަނަ އަހަރުގެ ގޭމްސް ފެށުމުގެ ކުރިން މިނިސްޓަރ މަހްލޫފް ވަނީ މޮރިޝަސްއަށް ވަޑައިގެންފައެވެ. އަދި ރާއްޖޭގެ ކޮންޓިންޖެންޓް މޮރިޝަސްއަށް އައިއިރުވެސް އެމަނިކުފާނު ހުންނެވީ މޮރިޝަސްގައެވެ.

މިފަހަރުގެ ގޭމްސް ފެށިގެން ނިމެންދެން މިނިސްޓަރ މަހްލޫފް ހެނދުނު ހެނދުނާ ހޭލާގޮތަށް އެކި ކުޅިވަރުތަކުގައި ރާއްޖޭގެ ޓީމުތައް ކުޅޭ މެޗުތައް ބެއްލެވުމަށް ވަޑައިގެންނެވިއެވެ. އަދި މެޗުތަކުގައި ކުޅުންތެރިންނަށް ހިތްވަރު ދެއްވާ ހުއްޓުމެއްނެތި މިނިސްޓަރ މަހްލޫފް ވަނީ ސާބަސް ދެއްވާފައެވެ.

އެގޮތުން ސިންގަލްސް އިވެންޓުގައި މޮރިޝަސް ކުޅުންތެރިޔާއާ ދެކޮޅަށް ރާއްޖޭގެ އެއް ނަމްބަރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކުޅުނު މެޗުގައި "ދީމާ މާ މޮޅޭ" ކިޔާ ހިތްވަރު ދެމުންދިޔައެވެ. ޓީޓީ ކޯޓު އޭރު ވަނީ މޮރިޝަސްގެ އެތައް ސަތޭކަ ސަޕޯޓަރުންނާއެކު ފުރި ބާރުވެފައެވެ.

މިނިސްޓަރ މަހްލޫފް

މީގެއިތުރުން ބެޑްމިންޓަން ސިންގަލްސް އިވެންޓުގައި ރާއްޖޭގެ ނަބީހާ އަބްދުލް ރައްޒާގު ސީޝެލްސް ކުޅުންތެރިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި "ނަބީ ޔޫ ކޭން ޑޫއިޓް" އަދި "ވަން މޯ ޕޮއިންޓް" އޭ ކިޔާ ސަޕޯޓު ކުރަމުންދިޔައެވެ. މި މެޗުން ނަބީހާ މޮޅުވިއިރު، މިނިސްޓަރ މަހްލޫފް ވަނީ ވަރަށް ބޮޑަށް އުފާފާޅު ކުރައްވާފައެވެ.

ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންގެ ނަންތައް މިނިސްޓަރ މަހްލޫފަށް ވަކިވަކިން އެނގިވަޑައިގަންނަވާއިރު، ވަކި ވަކިން ކުޅުންތެރިން ކައިރިޔަށް ވަޑައިގެން މިނިސްޓަރ މަހްލޫފް ގިނަ މެޗުތަކުގައި ހިތްވަރު ދެއްވައެވެ.

ފާހަގަ ކޮށްލަންޖެހޭ ކަމަކީ ރާއްޖޭގެ ތާރީހުގައި ގޭމްސްއެއް ނިމެންދެން މިނިސްޓަރަކު މަޑު ކުރައްވައިފައި ނުވާކަމެވެ. އަދި މިގޮތަށް ވަޑައިގެން ސަޕޯޓުވެސް ކުރައްވައިފައި ނުވެއެވެ. މިއީ މިނިސްޓަރ މަހްލޫފަށް ތައުރީފް ހައްގުވާ ކަމެކެވެ. ކުޅުންތެރިންނަށް މިނިސްޓަރ މަހްލޫފްގެ ސަޕޯޓުން ހިތްވަރު ލިބުނެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަކީ ރާއްޖެއަށް އެތައް ގޮތަކުން ކާމިޔާބު ގޭމްސްއެކެވެ. ގޭމްސްއަށް ރާއްޖެއިން ކަނޑައެޅި 15 މެޑަލްގެ ޓާގެޓް ހާސިލުވިއިރު، އުންމީދުކުރިވަރަށް ވުރެ ގިނައިން ރަން މެޑަލް ވެސް ވަނީ ލިބިފައެވެ. އަދި 2023 ވަނަ އަހަރު ގޭމްސް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑުވެސް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް