ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 17:14
ރަފާ އަދި ދީމާ
ރަފާ އަދި ދީމާ
އެމްއޯސީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: ރާއްޖޭގެ ރަފާ އަދި ދީމާ ވެސް ފައިނަލަށް
ރަފާ އަދި ދީމާ ފައިނަލަށް ދަތުރުކުރީ މޮރިޝަސް ކުޅުންތެރިން ބަލި ކުރުމަށްފަހު

މޮރިޝަސްގައި މިހާރު ކުރިޔަށްދާ ދިހަވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލައް ރާއްޖޭގެ ދީމާ އަދި ރަފާ ދަތުރުކޮށްފި

މި މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ދީމާ ދަތުރުކުރީ ވާދަވެރި މެޗަކަށްފަހު މޮރިޝަސްގެ ކުޅުންތެރިޔާ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓުން ދީމާ ވަނީ ބަލިވެފައެވެ. މި ދެ ސެޓު މޮރިޝަސްގެ ކުޅުންތެރިޔާ ގެންދިޔައީ 8-11 އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު މޮޅު ކުޅުމަކާއިއެކު، ދީމާ ވަނީ ކާމިޔާބުކޮށްފައެވެ. މި ދެސެޓު ދީމާ ކާމިޔާބުކުރީ 11-5 އަދި 11-3 ކުންނެވެ. ޖެހިގެން އައި ސެޓުން މޮޅުވީ މޮރިޝަސްގެ ކުޅުންތެރިޔާ އެވެ. މި ސެޓު އޭނާ ގެންދިޔައީ 9-11 އިންނެވެ. ފަހު ދެ ސެޓުން ދީމާ މޮޅުވީ ފަސޭހަ ކަމާއެކުއެވެ. އެ ދެސެޓު ދީމާ ގެންދިޔައީ 11-2 އަދި 11-5 ކުންނެވެ.

ރާއްޖޭގެ ރަފާ ފައިނަލަށް ދަތުރުކޮށްފައިވަނީ ވެސް މޮރިޝަސްގެ ކުޅުންތެރިއެއް ބަލި ކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ރަފާ ވަނީ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ. އެގޮތުން ފުރަތަމަ ދެ ސެޓު ރަފާ ކާމިޔާބުކުރީ 11-6 އަދި 11-3 ކުންނެވެ. ނަމަވެސް ޖެހިގެން އައި ތިންސެޓު މޮރިޝަސްގެ ކުޅުންތެރިޔާ ވަނީ ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ތިންސެޓު ގެންދިޔައީ 7-11، 7-11 އަދި 4-11 އިންނެވެ. ނަމަވެސް ރަފާ ވަނީ މޮޅު ކުޅުމަކާއިއެކު ފަހު ދެސެޓު ކާމިޔާބުކޮށްފައެވެ. މި ދެސެޓު ރަފާ ކާމިޔާބުކުރީ 11-6 އަދި 12-10 އަކުންނެވެ.

މިއަހަރުގެ މި މުބާރާތުގައި ރާއްޖޭގެ ޓީޓީ ކުޅުންތެރިން ވަނީ ދެ ރަން މެޑަލް އަދި އެއް ރިހި މެޑަލް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް