ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 08:37
އާކިޕެލެގޯ އޮފް ބަޓާންސްގެ ލުޒޯން އައިލެންޑްސް އަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި ގެއްލުންވެފައިވާ ގެޔެއް
އާކިޕެލެގޯ އޮފް ބަޓާންސްގެ ލުޒޯން އައިލެންޑްސް އަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި ގެއްލުންވެފައިވާ ގެޔެއް
ޓްވިޓަރ
ފިލިޕީންސް
ފިލިޕީންސްއަށް އައި ބާރުގަދަ ބިންހެލުމެއްގައި 5 މީހުން މަރުވެއްޖެ
ހޮނިހިރު ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި ފަސް މީހުން މަރުވެ 12 މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފަ

ފިލިޕީންސްގެ އިރުމަތިން އާކިޕެލެގޯ އޮފް ބަޓާންސްގެ ލުޒޯން އައިލެންޑްސް އަށް ހޮނިހިރު ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި ފަސް މީހުން މަރުވެ 12 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިއްޖެއެވެ.

ބަޓާންސްގެ ގަވަރުނަރު މަރިލޯ ކޭކޯ މީޑިއާއަށް މައުލޫމާތުދެމުން ބުނީ ފުރަތަމަ އައި 5.4 މެގްނިޓިއުޑްގެ ބިންހެލުމުގައި ފަސްމީހުން މަރުވެ 12 މީހުންނަށް އަނިޔާވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ފުރަތަމަ އައި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހު 4.16 ހާއިރު 12 ކިލޯމީޓަރުގެ އަޑިންނެވެ. 6.4 މެގްނިޓިއުޑްގެ ބާރުގަދަ ދެވަނަ ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7.38 ގައެވެ.

މި ބިންހެލުމުގެ ސަބަބުން ތާރީހީ ފައްޅިއެއްގެ އިތުރުން ގިނަ ގޭގެޔަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައިއެވެ.

- ކޮމެންޓް