ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 23:50
މުބާރާތުގެ ބައިވެރިން އަދި އޯގަނައިޒިންގް ޓީމާއެކު ޑެޕިޔުޓީ މިނިސްޓަރ
މުބާރާތުގެ ބައިވެރިން އަދި އޯގަނައިޒިންގް ޓީމާއެކު ޑެޕިޔުޓީ މިނިސްޓަރ
ޝުއައިބް މުހައްމަދު އިގްބާލް
ޖަލު ކާޅު ސާރފިންގ ކޮމްޕެޓިޝަން
ޖަލު ކާޅު ސާރފިންގ ކޮމްޕެޓިޝަން ގެ ނަމުގައި ހިންމަފުށީގައި ރާޅާއެޅުމުގެ މުބާރާތެއް ފަށައިފި
މިއީ ހިންމަފުށީގައި ބޭއްވޭ ފުރަތަމަ ރާޅާ އެޅުމުގެ މުބާރާތް
މުބާރާތް ބަހައިލެވިފައިވަނީ ދެ ކެޓަގަރީ އަކަށް

ހިންމަފުށީ އަމިއްލަ ޖިމިއްޔާއެއް ކަމަށްވާ މިނިވަންފަރު ޖަމިއްޔާއިން އިސްނަގައިގެން ރަށުގެ ކައުންސިލާއި ގުޅިގެން ޖަލު ކާޅުގެ ނަމުގައި ރާޅާ އެޅުމުގެ މުބާރާތެއް ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޭއްވުނު ހަފްލާގައިވަނީ މިނިވަންފަރު ޖަމިއްޔާ ރަސްމީ ގޮތުން އިފްތިތާހު ކޮށްފައެވެ.

ހިންމަފުށީ ކައުންސިލްގެ ނައިބު ރައީސް ހަސަން ފަޔާޒް ވިދާޅުވީ މިއީ ހިންމަފުށީ ތާރީހުގައި ރަން އަކުރުން ލިޔެވިގެން ދާނެ ދުވަހެހް ކަމަށާއި މިއީ ފުރަތަމަ ފަހަރަށް މިފަދަ މުބާރާތެއް ހިންމަފުށީ ޖެއިލް ބްރޭކް ރާޅުގަނޑުގައި ބޭއްވޭ ފުރަތަމަ ފަހަރުކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މިނިވަންފަރު ޖަމިއްޔާގެ ފަރާތުން މިފަދަ ގިނަ ފުރުސަތުތައް ރަށުގެ ޒުވާނުންނަށް ހޯދައިދޭނެކަމަށް އުންމީދު ކުރާކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވީ ހަގީގީ މިނިވަންކަން ގޮނޑުދޮށް ތަކަށާއި ފަރުތަކުގެ އިތުރުން ތިމާ ވަށައިގެންވާ ވެއްޓަށްވެސް ލިބެންޖެހޭ ކަމަށާއި ޕްލާސްޓިކް އަދި ކުނިން ވެށި ހަލާކު ކުރާ ކުރުން ހުއްޓައިލާން ޖެހޭ ކަމަށެވެ. މީގެ އިތުރުން އިބްރާހީމް ނަސީމް ވިދާޅުވީ މިނިވަން ފަރު ޖަމިއްޔާގެ ފަރާތުން ރަށުގެ ޒުވާނުން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ އިތުރުން ޒުވާނުންގެ އެއްބައިވަންތަ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް އުންމީދު ކުރާ ކަމަށެވެ.

ޔޫތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ

ޔޫތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ވިދާޅުވީ މި މުބާރާތް ޝަރަފުވެރި ކުރުމަށް ލިބުމަކީ ލިބޭ ޝަރަފެއްކަމަށެވެ. މީގެ އިތުރުން ޑެޕިޔުޓީ މިނިސްޓަރ ވިދާޅުވީ މޫދު ކުޅިވަރު ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި ރާޅާ އެޅުމުން ދިވެހި ރާޅާ އެޅުންތެރިން ބޭރުގެ އިންޓަރނޭޝަނަލް މުބާރާތް ތަކުގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތަކެއް ގެނަސްފައިވާކަމަށެވެ. މިފަދަ މުބާރާތް ތަކުގައި އަންހެން ރާޅާއެޅުންތެރިން ބައިވެރިވާތަން ދެކެން ބޭނުންވާ ކަމަށްވެސް ޑެޕިޔުޓީ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިފަދަ މުބާރާތްތައް ބޭއްވުމަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދޭނެކަމަށް ޑެޕިޔުޓީ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މުބާރާތުގެ ބައިވެރިއެއް

މިނިވަންފަރުގެ ފައުންޑަރ އިގްބާލް ވިދާޅުވީ މިނިވަންފަރަކީ ހިންމަފުށީގެ ފަރު ކުނިބުނިންނާއި ލިބޭ އެހެނިހެން ގެއްލުމުން މިނިވަން ކުރުމަށް ހެދުނު ޖަމިއްޔާއެއް ކަމަށާއި ޖަމިއްޔާއަށް ސަރުކާރުން ދޭ އެއްބާރުލުމަށް ސުކުރުއަދާ ކުރާކަމަށެވެ.

ޖަލު ކާޅު ސާރފިންގް ކޮމްޕެޓިޝަން ކުރިއްޔައްދާނީ ދެ ކެޓަގަރީ އަކަށް ބަހައިލައިގެންނެވެ. އެގޮތުން ބޮޑީ ބޯރޑް ކެޓަގަރީގައި 24 ބައިވެރިން ބައިވެރިވެފައިވާ އިރު ޝޯރޓް ބޯޑް ކެޓަގަރީން 18 ބައިވެރިން ވަނީ ބައިވެރި ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
27 ޖުލައި 2019 | ހޮނިހިރު 01:13
ޙުސެން
ޖަލު ކާޅު، މި ނޫން ނަމެއް ކިޔަން ނޭންގުނީ؟ ???