Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 22:17
ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް
ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް
ޓްވިޓަރ
ވިޔަފާރި
ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ
ހުށަހަޅާ އިސްލާހުތަކުގެ ތަފްސީލެއް ނުދެއްވާ

ކުންފުނިތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ދިވެހި އިންޝުއަރަންސް ކުންފުނިން އިންތިޒާމްކޮށްގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ "ކޯޕޮރޭޓް ލައިބިލިޓީޒް ސެމިނާރ" ފެށުމުގެ ރަސްމިއްޔާތުގައި ވިސާމް ވިދާޅުވީ  ގާނޫނަށް ހުށަހަޅާ އިޞްލާޙްތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރެވި ރިސްކް މެނޭޖްކުރުމަށް މަގުފަހިވެ އަދި ޒިންމާދާރުކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިވާނެ ކަމަށް ޤަބޫކުރައްވާ ކަމަށެވެ. 

ނަމަވެސް ކުންފުނިތަކާ ގުޅޭ ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. 

ވިސާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް އޮތީ ވިޔަފާރިތައް ޒަމާނީ ވިޔަފާރިތަކަށް ބަދަލުކޮށް ޒުވާނުން ބޭނުންވާ ފަދަ އިޤްޠިޞާދީ ބަދަލެއް ގެނައުމެވެ.

ވިޔަފާރިތައް އިތުރުވެ ބޮޑެތި ބަދަލުތައް އަންނަކަން ފާހަގަކުރައްވައި ވިސާމް ވިދާޅުވީ  އައު ވިޔަފާރިތައްވެސް ދަނީ ފަށަމުން ކަމަށާއި ވިޔަފާރިތައް އިތުރުވަމުންދާއިރު ކުރިމަތިވަމުން އަންނަ މައްސަލަތައްވެސް ވެސް އިތުރުވާ ކަމަށެވެ.  

ވިސާމް ވިދާޅުވީ ވިޔަފާރީގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއެކު ކުރިމަތިވާ ރިސްކްތައްވެސް އިތުރު ކަމަށެވެ. ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި އަދި އެ އަމާޒު ހާޞިލުކުރުމަށް ގޮތްތަކެއް ނިންމައި ކަންތައްތަކަކަށް އެބަސްވާންޖެހޭ ކަމަށް ވިސާމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް