ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 17:03
ބޮޑީ ބިލްޑިންގ ޓީމް ރާއްޖެ އައުން
ބޮޑީ ބިލްޑިންގ ޓީމް ރާއްޖެ އައުން
ޝުއައިބް މުހައްމަދު އިގްބާލް
ބޮޑީ ބިލްޑިންގ
ރަން މެޑަލްތަކާއިއެކު، ރާއްޖޭގެ ބޮޑީ ބިލްޑަރުން ގައުމަށް އައިސްފި
މި ޓީމުން ވަނީ ދެ ރަން މެޑަލް ހޯދައިފަ

ނޭޕާލުގައި ކުރިޔައްދިޔަ 12 ވަނަ ސައުތް އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ ދެކެޓަގަރީން ރާއްޖޭގެ ބޮޑީބިލްޑަރުން ރަން މެޑަލް ނަގާ ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖޭގެ ބޮޑީ ބިލްޑިންގް ޓީމަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްއިން މަރުހަބާ ދެންނެވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ އެވެ.

ރާއްޖެއިން ރަން މެޑަލް ހޯދައިފައިވަނީ ޖޫނިއަރ މެންސް އޯޕަން ބޮޑީބިލްޑިންގް ކެޓަގަރީންނާއި، މެންސް ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ކެޓަގަރީންނެވެ. ޖޫނިއަރ ކެޓަގަރީން ރަން މެޑަލް ހޯދީ އުންމީދީ ބޮޑީ ބިލްޑަރ އަހްމަދު މާހިލް ސައީދްއެވެ. އޭނާ ރަންމެޑަލް ހޯދީ މިސަރަހައްދުގެ އިންޑިއާ އަފްގާނިސްތާން އަދި ނޭޕާލްގެ ބޮޑީ ބިލްޑަރުންނާއި ވާދަކޮށެވެ.

މެންސް 55 ކިލޯ ކެޓަގަރީން ރަންމެޑަލް ހޯދީ ވެސް ރާއްޖޭގެ ބޮޑީ ބިލްޑަރ މުހަންމަދު މޫސާއެވެ. ރަން މެޑަލް ތަކުގެ އިތުރުން ރާއްޖެއިން ވަނީ ދެ ލޯ މެޑަލްވެސް ހޯދައިފައެވެ. މި ދެ ލޯ މެޑަލް ހޯދީ ރާއްޖޭގެ ފަތުހުﷲ މުހައްމަދާއި އަހްމަދު ލިޒާމްއެވެ. ލިޒާމަށް ލިބުނު މެޑަލްއަކީ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން އަގުވަޒަންކުރުމުގެ ގޮތުން ދިން މެޑަލް އެކެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް