މޮރިޝަސް
|
24 ޖުލައި 2019 | ބުދަ 23:53
ރަން މެޑަލް އަދި ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ޕެއާ
ރަން މެޑަލް އަދި ރިހި މެޑަލް ރާއްޖެއަށް ހޯދައިދިން ޕެއާ
އެމްއޯސީ
އައިއޯއަިޖީ 2019
އައިއޯއަިޖީ 2019: ޓީޓީގެ އަންހެން ޑަބަލްސް ރަން މެޑެއްޔާއި ރިހި މެޑަލް ވެސް ރާއްޖެ އަށް
ރަން މެޑަލް ހޯދީ ރަފާ އާއި ދީމާ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް ފައިނަލަށް ދިވެހިރާއްޖޭގެ ދެ ޕެއާ ދަތުރުކުރުމާ އެކު މި އިވެންޓުން ރަން މެޑެއްޔާއި ރިހި މެޑަލް ވެސް ކަށަވަރުވެ ދިވެހި ކުޅިވަރުގެ ތާރީހުގައި މުޅިން އާ ހަރުފަތަކަށް ޓޭބަލް ޓެނިސް އަރައިފި އެވެ.

މިއީ ބައިނަލްއަގްވާމީ ކުޅިވަރުގެ ފައިނަލެއްގައި ރާއްޖޭގެ ދެ ކުޅުންތެރިން ނުވަތަ ދެ ޕެއާއެއް ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި މި ކަށަވަރުވި ދެ މެޑެއްޔާ އެކު ރާއްޖޭން މިހާރު ވަނީ މި ގޭމްސްގައި ނުވަ މެޑަލް ހޯދައިފަ އެވެ. އެއީ 2015 ވަނަ އަހަރުގެ ގޭމްސްގައި ރާއްޖެ އަށް ޖުމްލަ ހޯދުނު އަދަދެވެ.

ރާއްޖޭން ހޯދާފައިވާ މެޑަލް ތަކަކީ ޓީޓީން ހޯދި ދެ ރަން މެޑެއްޔާއި ރިހި މެޑެއްޔަކާއި ބީޗް ވޮލީބޯޅައިން ހޯދި ރިހި މެޑެއްޔަކާއި ލޯ މެޑެއްޔަކާއި އެތުލެޓިކްސް އިން ހޯދި ދެ ލޯ މެޑެއްޔާއި ބެޑްމިންޓަނުން ހޯދި ދެ ލޯ މެޑެއްޔެވެ.

މި އިވެންޓުގެ އަންހެން ޓީމް އިވެންޓުގެ ރަން މެޑަލް ހޯދި ރާއްޖޭގެ ހަތަރު ކުޅުންތެރިންގެ ތެރެއިން ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ފައިނަލުން ޖާގަ ހޯދީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މޮރިޝަސްގެ ޕެއާ އަތުން ވަރަށް ވާދަވެރި ކުޅުމަކަށް ފަހު ފަހަތުން އަރައި 4-3 އިން މޮޅުވެގެންނެވެ.

ރަން މެޑަލް ހޯދި ޓީމުގައި ހިމެނޭ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި މަޑަގަސްކަރައިގެ ޕެއާ އަތުން ފަސޭހަކަމާ އެކު ސީދާ ހަތަރު ސެޓުން މޮޅުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް