ކ. މާލެ
|
24 ޖުލައި 2019 | ބުދަ 21:53
ފައިނަލަށް ދަތުރުކުރި ދެ ޕެއާގެ ކުޅުންތެރިންނާއިއެކު މިނިސްޓަރ މަހްލޫފް
ފައިނަލަށް ދަތުރުކުރި ދެ ޕެއާގެ ކުޅުންތެރިންނާއިއެކު މިނިސްޓަރ މަހްލޫފް
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: ޓީޓީ އަންހެން ޑަބަލްސް ފައިނަލުގައި ރާއްޖޭގެ ދެ ޕެއާ
ރާއްޖެއަށް ވަނީ މި މުބާރާތުގެ ރަން އަދި ރިހި މެޑަލް ކަށަވަރުވެފަ

މިހާރު މޮރިޝަސްގައި ކުރިޔައްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓީޓީ އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލަށް ރާއްޖޭގެ ދެ ޕެއާ ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖޭގެ މުއީނާ އަދި ޖުމާނާގެ ޕެއާ ސެމީ ގެ މެޗު ކާމިޔާބުކުރީ މަޑަގަސްކަރގެ ޕެއާ ސީދާ ހަތަރު ސެޓުން ބަލިކޮށްގެނެވެ. މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާ ކާމިޔާބުކުރީ 11-5، 11-8، 11-7 އަދި 12-10 އަކުންނެވެ. މި މެޗުގައި ރާއްޖޭގެ މުއީނާ އަދި ޖުމާނާ މޮޅު ކުޅުމެއް ދައްކައިފައިވެއެވެ.

ސެމީ ފައިނަލުގެ މެޗުގައި ދީމާ އަދި ރަފާގެ ޕެއާ ނިކުތީ ވަރުގަދަ މޮރިޝަސް އާއި ދެކޮޅަށެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު ފަސޭހަ ކަމާއިއެކު މޮރިޝަސްގެ ކުޅުންތެރިން ގެންދިޔައިރު، އެ ދެ ސެޓު އެކުޅުންތެރިން ގެންދިޔައީ 11-2 އަދި 11-9 އަކުންނެވެ.

ފުރަތަމަ ދެ ސެޓުން ބަލި ކަމުގައި ވިޔަސް ފަހަތުން އަރާ ދީމާ އަދި ރަފާގެ ޕެއާ ވަނީ ޖެހިގެން އައި ހަތަރު ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުތައް ދީމާ އަދި ރަފާގެ ޕެއާ ގެންދިޔައީ 11-7، 16-14، 12-10 އަދި 11،7 އަކުން ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު ސެޓު ކާމިޔާބުކޮށް ދީމާ އަދި ރަފާގެ ޕެއާއިން ވަނީ ފައިނަލް ކަށަވަރު ކޮށްފައެވެ. ފަހު ސެޓު ގެންދިޔައީ 11-6 އަކުންނެވެ.

މި މެޗުގެ ނަތީޖާއާއެކު ރާއްޖެއިން ވަނީ މި މުބާރާތުގެ ރަން އަދި ރިހި މެޑަލް ކަށަވަރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް