ކ. މާލެ
|
24 ޖުލައި 2019 | ބުދަ 18:29
ރަފާ އަދި ދީމާ
ރަފާ އަދި ދީމާ
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: ޓީޓީ އަންހެން ޓީމުން މެޑައްޔެއް ކަށަވަރު ކޮށްފި
ރާއްޖޭގެ މުއީނާ އަދި ޖުމާނާގެ ޕެއާ އާއި ރަފާ އަދި ދީމާގެ ޕެއާ ވެސް ސެމީ ފައިނަލަށް

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ކުޅުންތެރިން މެޑައްޔެއް ކަށަވަރު ކޮށްފިއެވެ.

އަންހެން ޓީޓީ ޓީމުން މެޑައްޔެއް ކަށަވަރު ކުރީ އަންހެން ޑަބަލްސް އިވެންޓްގައި ވާދަކުރާ މުއީނާ އަދި ޖުމާނާގެ ޕެއާ އާއި ރަފާ އަދި ދީމާގެ ޕެއާ ސެމީ ފައިނަލުގެ ޖާގަ ކަށަވަރު ކުރުމުންނެވެ.

މުއީނާ އަދި ޖުމާނާގެ ޕެއާ ސެމީފައިނަލަށް ދިޔައީ މޮރިޝަސްގެ ކުޅުންތެރިޔާ 4-0 އިން ބަލި ކޮށްގެންއެވެ. މެޗުގެ ސެޓުތައް މުއީނާ އަދި ޖުމާނާގެ ޕެއާ ގެންދިޔައީ 14-12، 11-9، 11-8 އަދި 11-6 އިންނެވެ.

ރަފާ އަދި ދީމާގެ ޕެއާ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ މޮރިޝަސްގެ ޕެއާ 4-1 އިން ބަލި ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ދެސެޓު ރަފާ އަދި ދީމާގެ ޕެއާއިން ވަނީ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައިވެއެވެ. އެގޮތުން އެދެ ސެޓު ރާއްޖޭގެ ޕެއާއިން ކާމިޔާބު ކުރީ 11-6 އަދި 11-9 އިންނެވެ. ރާއްޖޭގެ ޕެއާއިން ދެސެޓު ކާމިޔާބުކޮށްފައި ވަނިކޮން މޮރިޝަސްގެ ޕެއާއިން ވަނީ ތިންވަނަ ސެޓު ކާމިޔާބު ކޮށްފައެވެ. ތިންވަނަ ސެޓު މޮރިޝަސްގެ ޕެއާއިން ކާމިޔާބުކުރީ 12-10 އިންނެވެ. ރަފާ އަދި ދީމާގެ ޕެއާއިން ވަނީ ފަހު ދެ ސެޓު ކާމިޔާބުކޮށް ސެމީގެ ޖާގަ ކަށަވަރު ކޮށްފައެވެ. ފަހު ދެ ސެޓު ރަފާ އަދި ދީމާ ގެންދިޔައީ 11-8 އަދި 11-5 އިންނެވެ.

މި ނަތީޖާއާއި އެކު ރާއްޖޭގެ އަންހެން ދެ ޕެއާ ވެސް ސެމީގައި ކުޅޭނެއެވެ. މި މުބާރާތުގެ ޓީމު އިވެންޓުން ރާއްޖެ ވަނީ ރަން މެޑަލް ހޯދައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް