Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 20:37
ރައީސް ޔާމީން
ރައީސް ޔާމީން
ރާއްޖެއެމްވީ
ސްޓެލްކޯގެ ހާލަތު
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ސްޓެލްކޯގެ ޗެއާރމަންކަން އެންމެ ގިނަ ދުވަހު ކުރެއްވީ ރައީސް ޔާމީން
ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް މިދަނީ ހަތަރު ވަނަ އަހަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ސްޓެލްކޯ ތަރައްގީ ކުރުމަށް ކުރި އެއްވެސްކަމެއް ނެތް ކަމަށާއި ސްޓެލްކޯގެ ހިދްމަތުގެ ފެންވަރު ދަށަށްދިޔައީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް މިހާތަނަށް އެންމެ ގިނަ ދުވަހު ސްޓެލްކޯގެ ޗެއާރމަންގެ މަގާމު ފުރުއްވި އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލިޝަން އެމްޑީއޭގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ދަރުބާރު ގޭގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިޑާޅުވީ ސަބްސިޑީ ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި މާލޭގައި އަހަރުން އަހަރަށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު ވަމުންދާ ކަމަށެވެ.

"ސަބްސިޑީ ދީފަ، ދެން އެކުންފުނި ފޫބައްދަން ލާރި ނުދެވޭ ކަމަށްވަންޏާ މާދަމާ ފެންނާނީ އެކުންފުނި ބަނގުރޫޓްވެފަ އޮތްތަން. ތިން އަހަރުގެ ސަރުކާރެއް ނިމިދިޔައިރު، މާލޭގެ އިންޖީނު ކެޕޭސިޓީ އިތުރުކުރަން ކުރި އިންވެސްޓްމަންޓެއް ނޯންނާނެ. އެ އުނދަގޫ މިއަދު މިއުފުލަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ސްޓެލްކޯގެ ހިދްމަތުގެ ފެންވަރާ ބެހޭގޮތުން ވާހަކަ ދެއްކެވީ އާދިއްތަ ދުވަހު މުޅި މާލެއިން ދެ ގަޑިއިރަށްވުރެ ގިނަ ވަގުތަށް ކަރަންޓް ކަނޑައިގެން ދިއުމާއި ގުޅިގެންނެވެ. އަދި ކަރަންޓް ކަނޑައިގެން ދިއުމާ ގުޅިގެން ފެނުގެ ހިދްމަތްވެސް ކެނޑި، ރައްޔިތުންގެ ނުރުހުން އިންތިހާއަށް ބޮޑުވި ދަނޑިވަޅެއްގަ އެވެ.

ރައީސް ނަޝީދުގެ ތިން އަހަރު ސްޓެލްކޯގެ ހިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައިނުވާކަމަށް ރައީސް ޔާމީން ވިދާޅާއިރު، އެ ސަރުކާރުގެ ދައުރުގެ ބޮޑުބައެއް އޮއްވާ ވަނީ ސަރުކާރު ނިމުމަކަށް ގެނެސްފައެވެ. އަދި ރައީސް ރައީސް ކަމުގެ ކުރިއަށްމިދަނީ ހަތަރު ވަނަ އަހަރެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު، އެމަނިކުފާނަކީ ކުރީގެ ރައީސް އަދި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގައި ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ޗެއާރމަން ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ސްޓެލްކޯގެ ޗެއާރމަން ކަމުގެ މަގާމުގައި ހުންނެވިއިރު، ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގެ އެންމެ ބާރުގަދަ ލީޑަރެއްގެ ގޮތުގައި ފެނިފައިވަނީ ވެސް ރައީސް ޔާމީން ކަމަށްވާތީ، ސްޓެލްކޯގައި ރައީސް ޔާމީންގެ ބާރުނެތި ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގަ އެކަނި ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
6 މާރޗް 2017 | ހޯމަ 16:52
މުހައްމަދު
ސާބަހޭ 35 އަހއރުވަންދެން ސްޓޭލްކޯ ގެ ޗެރއާމަނ ގެ މަގާމު ފުރުއްވީ މަނިކުފާނު ނޫން ތޯ؟