ކ. މާލެ
|
24 ޖުލައި 2019 | ބުދަ 16:26
ސާއިދު
ސާއިދު
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: 200 މީޓަރު ދުވުމުގެ ފައިނަލަށް ސާއިދު ދަތުރު ކޮށްފި
200 މީޓަރު ފައިނަލްގައި ސާއިދު ދުވާނީ ބުދަ ދުވަހުގެ ހަވީރު 18:10 ގައި

މޮރިޝަސް ގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ އެތްލެޓިކްސް 200 މީޓަރު ދުވުމުގެ ފައިނަލަށް ސާއިދު ދަތުރު ކޮށްފިއެވެ.

200 މީޓަރު ދުވުމުން ސާއިދު ފައިނަލަށް ދަތުރުކުރީ އޭނާ ދުވި ހީޓުގެ ތިންވަނަ ހޯދައިގެންނެވެ. މި ހީޓު ސާއިދު ނިންމީ 22.28 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ހީޓުން އެއްވަނަ ހޯދި ދުވުންތެރިޔާ ރޭސް ނިންމީ 22.01 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ދެވަނަ އަށް ރޭސް ނިންމި ދުވުންތެރިޔާ ރޭސް ނިންމީ 22.20 ސިކުންތުންނެވެ.

ސާއިދުވަނީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ރާއްޖެ އަށް ހޯދައިދީފައެވެ. އަދި އެ މުބާރާތުގެ 100 މީޓަރު ދުވުމުން ސާއިދުވަނީ ރަން މެޑަލް ހޯދައިދީފައެވެ. އެ މުބާރާތުން ސާއިދު ހޯދި ރަން މެޑައްޔަކީ އޭނާ މި މެޑަލް ކާމިޔާބުކުރި މެޑައްޔަކީ ރާއްޖޭގެ އެތްލީޓަކު މަލްޓި ސްޕޯޓްސް ގޭމްސް އަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

މިއަހަރުގެ އައިއޯއައިޖީގައި ސާއިދު 100 މީޓަރު ފައިނަލްގައި ވާދަ ކުރި އިރު އޭނާ ރޭސް ނިންމައިފައި ވަނީ ހަތަރުވަނައަށެވެ. 200 މީޓަރު ފައިނަލްގައި ސާއިދު ދުވާނީ ބުދަ ދުވަހުގެ ހަވީރު 18:10 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް