ކ. މާލެ
|
24 ޖުލައި 2019 | ބުދަ 16:16
\"ދަ ސްކައި އިޒް ޕިންކް\" ގެ ޓީމް
"ދަ ސްކައި އިޒް ޕިންކް" ގެ ޓީމް
ގޫގުލް
ބޮލީވުޑް
"ދަ ސްކައި އިޒް ޕިންކް" ޓޮރޮންޓޯ ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ
ޓީއައިއެފްއެފް ގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހު 13 ގައި

ޕްރިޔަންކާ ޗޯޕްރާގެ އަންނަން އޮތް ފިލްމް "ދަ ސްކައި އިޒް ޕިންކް" ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ގައި ޕްރިމިއަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓީއައިއެފްއެފް ގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހު 13 ގައެވެ.

މީގެ އިތުރުން މި ފިލްމް މިއަހަރުގެ އޮކްޓޯބަރު މަހު 11 އިންޑިއާގެ ސިނަމާ ތަކުގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސޮނާލީ ބޯސް ޑައިރެކްޓް ކުރާ މި ފިލްމްގައި ގައި ލީޑްރޯލުން ފެނިގެންދާނީ ޕްރިޔަންކާގެ އިތުރުން ފަރްޚާން އަޚްތަރު އާއި ޒާރާ ވާސިމްއެވެ.

މިދިޔަ އަހަރު ވެސް ވަނީ ޕްރިޔަންކާގެ ފިލްމް "ޕަހޫނާ: ދަ ލިޓުލް ވިޒިޓާރ" މި ފެސްޓިވަލްގައި ޕްރިމިއަރ ކޮށްފައެވެ.

މިފިލްމު ވެގެން ދާނީ 2016ގެ ފަހުން ބޮލީވުޑްގެ ފިލްމަކުން ފުރަތަމަ ފަހަރަށް ޕްރިޔަންކާ ފެނިގެން ދާނެ ފިލްމަށެވެ.

އެންމެ ފަހުން ޕްރިޔަންކާ ފެނިފައިވާ ބޮލީވުޑްގެ ފިލްމަކީ "ޖެއި ގަންގާޖަލް" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް