Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 19:35
އަހުމަދު ފައިރޫޒް އާއި އަޒްމޫން އަހުމަދު
އަހުމަދު ފައިރޫޒް އާއި އަޒްމޫން އަހުމަދު
ރާއްޖެއެމްވީ
ރާއްޖެ ޓީޥީ
ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުހަށް ހާޒިރު ވުމަށް ޗިޓް ފޮނުވައިފި
ޗިޓް ފޮނުވާފައިވާ އަހުމަދު ފައިރޫޒް އާއި އަޒްމޫން އަހުމަދަށް
ޗިޓްގައިވަނީ މާރޗް 7ގައި ޝަހީދު ހުސައިން އާދަމް ބިލްޑިންގް އަށް ހާޒިރުވުމަށް

ރާއްޖެ ޓީވީގެ ދެ ނޫސްވެރިއަކު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފިއެވެ.

 

ފުލުހުންގެ އިދާރާއިން ހޯމަ ދުވަހު ޗިޓް ފޮނުވާފައިވަނީ ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު ފައިރޫޒް އާއި އަޒްމޫން އަހުމަދު އަށެވެ.

 

މި ދެ ނޫސްވެރިންނަށް ޗިޓް ފޮނުވާފައި ވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށްޓަކައި ކަމަށް އެ ޗިޓްގައި ވެއެވެ. ހާޒިރުވުމަށް އަންގާފައި ވަނީ އަންގާރަ ދުވަހު 12:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގް އަށެވެ. އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.

 

ރައިރޫޒް އާއި އަޒްމޫން ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވާއިރު ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ މައްޗަށް ބުރާސްފަތި ދުވަހު ހުކުމް އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

އަދި އެމައްސަލާގައި ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ އުފުލިއިރު، މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު 3،000 ރުފިޔާ އިން އޭނާ ޖޫރިމަނާކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

 

މީގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގައި ވިސާމާއެކު ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވަނީ 28،800 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށް ޖެނުއަރީ 24 ވަނަ ދުވަހު ހުކުމް ކޮށްފައި ވެ އެވެ.

 

ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ދެން އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. ނަމަވެސް، އަދި އެ އަޑުއެހުން ތާވަލުކޮށްފައިނުވެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް