ކ. މާލެ
|
24 ޖުލައި 2019 | ބުދަ 14:55
ދިެހި ފިލްމް \"ލީނާ\" ގެ ޕޯސްޓަރު
ދިެހި ފިލްމް "ލީނާ" ގެ ޕޯސްޓަރު
ގޫގުލް
ލީނާ ފިލްމު
މުއާގެ "ލީނާ" ޕްރިމިއަރ ކޮށްފި
ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އއ. އުކުޅަހުގައި

މައުސޫމް އަންހެން ކުއްޖެއްގެ މަރުގެ ހާދިސާއެއްގެ މައްޗައް އަބްދުﷲ މުއާޒު(މުއާ) ޑައިރެކްޓްކުރާ ފިލްމް "ލީނާ" ޕްރިމިއަރ ކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ރިލީޒްކުރި މި ފިލްމް "ލީނާ" އަކީ ރާއްޖޭގައި ކުރިން ހިނގާފައިވާ މަރުގެ ހާދިސާއަކުން އިންސްޕަޔާވެގެން އަހުމަދު ޒަރީރު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

މީގެ 10 އަހަރު ކުރިން 2001 ވަނަ އަހަރުގެ އޭޕްރީލް މަހު ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އަޒްލީނާއަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކެޓްރީއެވެ. އޭނާގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށް ލާފައި ހުރި އަބްދުﷲ ޒުހައިރު ވަނީ ހުކުމް ތަންފީޒު ކުރަން ޖަލަށް ގެންދިޔަތާ 11 އަހަރު ފަހުން 2014 ވަނަ އަހަރު މިނިވަން ކޮށްފައެވެ.

މި ފިލުމުގައި އަޒްލީނާގެ ބައި ކުޅެފައިވަނީ ކުޅަދާނަ ފިލްމީ ތަރި މަރިޔަމް އައްޒައެވެ. އަދި އަޒްލީނާގެ ޤާތިލު ކަމަށްވާ ޒުހައިރުގެ ބައި ކުޅެފައިވަނީ މުއާއެވެ. އޭގެ އިތުރުންވެސް، ނުޒުހަތު ޝުއައިބު (ނުޒޫ) އާއި، އަރަމުންނަ އަންނަ ތަރި ދޮން އައްޔައާއި، ޒީނަތުއާއި، އަހުމަދު ސައީދުގެ އިތުރުން އަހުމަދު ނިމާލު ފެނިގެން ދެއެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އއ. އުކުޅަހުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް