ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 22:53
އައިއޯއައިޖީ ގޭމްސްގެ ތެރެއިން
އައިއޯއައިޖީ ގޭމްސްގެ ތެރެއިން
އެމްއޯސީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: އަންހެނުންގެ 10،000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މަރީ އާކޮށްފި
ގައުމީ ރެކޯޑު މަރީ އާކުރީ 42 މިނެޓު 44.80 ސިކުންތުން ރޭސް ނިންމައިގެން

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި އެތުލެޓިކްސްގެ އަންހެން 10،000 މީޓަރު ދުވުމުން މަރިޔަމް އަބްދުލްކަރީމް (މަރީ) ގައުމީ ރެކޯޑު އާކޮށްފިއެވެ.

ގައުމީ ރެކޯޑު މަރީ އާކުރީ އަންގާރަ ދުވަހު އޮތް 10،000 މީޓަރު ދުވުމުގައި 42 މިނެޓު 44.80 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނަމަވެސް އޭނާ ދިޔައީ ވާދަކުރި ހީޓުގެ ފުލަށެވެ.

މީގެކުރިންވެސް މި ރެކޯޑު އޮތީ މަރީ އަތުގައެވެ. އެންމެ ފަހުން އޭނާ މި ރޭސް ނިންމާފައިވަނީ 45 މިނެޓު 36.12 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރާއްޖޭގެ އަންހެނުންގެ 10،000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މަރީ އާކުރިއިރު، 15،000 މީޓަރު، 20،000 މީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު އަދި ހާފް މެރެތަން ދުވުމުގެ ރެކޯޑު ވެސް އޮތީ މަރީގެ އަތުގައެވެ.

10،000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހެދިއިރު، އައިއޯއައިޖީގެ ހާފް މެރެތަން އިވެންޓުގައި ވެސް މަރީ ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައިއޯއައިޖީ ގޭމްސްގެ ތެރެއިން

މީގެ އިތުރުން އައިއޯއައިޖީގެ އެތުލެޓިކްސް އިވެންޓުގައި މިއަދު ރާއްޖޭގެ މުހައްމަދު ނާއިލް ވެސް ވަނީ ދުވެފައެވެ. އޭނާ ދުވެފައިވަނީ 400 މީޓަރު ދުވުމުގައެވެ.

މިދުވުމުގައި ވާދަކޮށް ނާއިލް ދިޔައީ ހީޓުގެ ފުލަށެވެ. އޭނާއަށް ރޭސް ނިންމުނީ 52.26 ސިކުންތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް