ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 19:10
15 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު
15 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމު
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
ޔޫއެފާ 15 އަހަރުންދަށުގެ އިންޓަރނޭޝަނަލް ފުޓުބޯޅަ
ޔޫއެފާ 15 އަހަރުންދަށުގެ އިންޓަރނޭޝަނަލް ފުޓުބޯޅަ މުބާރާތް: ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ
މި މެޗުން ރާއްޖެ ބަލިވީ 6-0 ގެ ނަތީޖާ އަކުން

އައްޑޫ ސިޓީގައި މިހާރު ކުރިޔަށްދާ ޔޫއެފާ 15 އަހަރުންދަށުގެ އިންޓަރނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

މި މެޗުން ރާއްޖެ ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ.

ސައުދީން މި މެޗު ފެށީ އަވަސް ގޭމްއަކަށް ވިސްނައިގެންނެވެ. އެގޮތުން މެޗުގެ ވަރަށްކުރީ ކޮޅު ސައުދީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ސައުދީއަށް ކާމިޔާބު ކޮށްދިނީ އަވަދް އެވެ. މި ލަނޑަށްފަހު ވެސް ސައުދީން ވަނީ ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި ސައުދީގެ މުހައްމަދު އަބްދުﷲ ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާ ކޮށްފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި އަބްދުއްސަލާމް ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ 3-0 ކަށް ބަދަލުކޮށްލައިފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސައުދީން ވަނީ އިތުރު ތިން ލަނޑު ރާއްޖެ ކޮޅަށް ޖަހައިފައެވެ. މި ލަނޑުތަކުގެ ތެރެއިން ސައުދީގެ އަސަރީ ވަނީ ދެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

މިނަތީޖާއާއިއެކު ރާއްޖެއިން ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ބޫޓާން އަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް