Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 18:48
އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދެއް
އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދެއް
ގޫގުލް
އެމްއެންޑީއެފް
ޑައިވިނަށް ދިޔަ ޓޫރިސްޓް މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް
އެމީހާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 06 ޖެހިއިރު

ފުވައްމުލަކު ޑައިވިން ޕޮއިންޓަށް ޑައިވްކުރި ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން ހޯދަމުންދާއިރު އަދި ވެސް އެމީހާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

 

ހޯމަ ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ "އިތުރު އަޕްޑޭޓެއް ނެތް،" ކަމަށެވެ.

 

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އާދިއްތަ ދުވަހު ވިދާޅުވެފައި ވަނީ އެމްއެންޑީއެފްގެ ސަދަން އޭރިއާއަށް އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހު އިރުއޮއްސި 6:00 ހާއިރު ކަމަށެވެ.

 

ގެއްލުނު ޓޫރިސްޓް ހޯދުމުގެ މަސައްތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ސަދަން އޭރިއާގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ގެއްލުނު މީހަކީ އުމުރުން 45 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ޑައިވްއަށް ދިޔައީ (ޕްރިންސް އޯލްޑްރޭ) ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް