ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 17:24
ނިލާމް
ނިލާމް
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: ރިޔޫނިއަން އަތުން ރާއްޖޭގެ ފިރިހެން ވޮލީޓީމު ބަލިވެއްޖެ
މި މެޗުން ރާއްޖެ ބަލިވީ ތިންސެޓު އެއްސެޓުން

މޮރިޝަސްގައި މިހާރު ކުރިޔަށްދާ ދިހަވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރިޔޫނިއަން އަތުން ރާއްޖޭގެ ފިރިހެން ވޮލީޓީމު ބަލިވެއްޖެއެވެ.

އަންގާރަ ދުވަހު ކުޅުނު މެޗުން ރާއްޖޭގެ ވޮލީޓީމު ބަލިވީ ތިން ސެޓު އެއްސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު ރިޔޫނިއަންއިން ގެންދިޔައީ 25-22 އަދި 25-21 އިންނެވެ. ފުރަތަމަ ދެސެޓު ރިޔޫނިއަންއިން ގެންދިޔަ ނަމަވެސް މެޗުގެ ތިންވަނަ ސެޓު ރާއްޖެއިންވަނީ ކާމިޔާބު ކޮށްފައެވެ. މި ސެޓު ރާއްޖެއިން ގެންދިޔައީ 25-22 އިންނެވެ. މެޗުގެ ފަހު ސެޓުގައި ރާއްޖޭގެ ޓީމުގެ ކުޅުން ފުރަތަމަ ތިންސެޓާ ހިލާފަށް ދަށެވެ. މި ސެޓު ރިޔޫނިއަން އިން ކާމިޔާބުކުރީ 25-18 އިންނެވެ.

ރާއްޖޭގެ ފިރިހެން ވޮލީޓީމު ކުޅުނު ފުރަތަމަ މެޗުން ވެސް ވަނީ ބަލިވެފައެވެ. އެމެޗުން ރާއްޖެ ބަލިވީ މަޑަގަސްކަރަ އަތުން ސީދާ ތިންސެޓުންނެވެ. ނަމަވެސް ރާއްޖެއިން ވަނީ ކުޅުނު ދެވަނަ މެޗުން ކޮމޮރޯސް އަތުން ސީދާ ތިންސެޓުން މޮޅުވެފައެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ވާދަކުރާ އަންހެން ވޮލީޓީމު ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެފައެވެ.

ދިހަވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއާއި ދިވެހިރާއްޖޭގެ ޓާރގެޓަކީ 15 މެޑައްޔެވެ. މިހާތަނަށް ރާއްޖެއިން ވަނީ ފަސް މެޑަލް ކާމިޔާބު ކޮށްފައެވެ. އަދި މީގެ ތެރެއިން އެއް މެޑައްޔަކީ ރަން މެޑައްޔެވެ. ރާއްޖެއިން މި މުބާރާތުގައި ކާމިޔާބު ކުރި ރަން މެޑަލް ކާމިޔާބު ކޮށްދިނީ ޓޭބަލް ޓެނިސް ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީޓީ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް