ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 17:54
ޗައިނާގެ ކުރީގެ ޕްރިމިއަރ ލީ ޕެންގ
އޭއެފްޕީ
ލީ ޕެންގ އަވަހާރަވުން
"ބުޗަރ އޮފް ބެއިޖިންގ" ގެ ނަމުން މަޝްހޫރު ޗައިނާގެ ކުރީގެ ޕްރިމިއަރ ލީ ޕެންގ އަވަހާރަވެއްޖެ
 
ލީ ވަނީ ތަކުރާރުކޮށް އެ ދުވަހުގެ އަމަލުތައް ދިފާއުކުރައްވާފަ
 
ޓިއަންމެން ސްކްޔޭގައި ދިން ހަމަލާގެ މޭސްތިރިކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ
 
އަވަހާރަވީ އިރު އުމުރުފުޅުން 90 އަހަރު

ޓިއަންމެން ސްކްޔާގައި ހިންގި ޖަރީމާގައި އިސްކޮށް ހުންނެވި ކަމުގެ ތުހުމަތު ކުރެވޭ ޗައިނާގެ ކުރީގެ ޕްރިމިއަރ ލީ ޕެންގ އަވަހާރަވެއްޖެއެވެ.

"ބުޗަރ އޮފް ބެއިޖިންގ" ގެ ނަމުން މަޝްހޫރުވި ލީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައި ކަމަށް އެ ގައުމުގެ ޒިންވާ ނޫސް އެޖެންސީން ރިޕޯޓް ކޮށްފައިވެއެވެ. ލީ ވަނީ ކުރިން ބްލެޑަރ ކެންސަރއަށް ފަރުވާ ހޯއްދަވާފައެވެ. އަވަހާރަވީ އިރު ލީ ގެ އުމުރުފުޅަކީ 90 އަހަރެވެ.

ޓިއަންމެން ސްކްޔާގައި ހިނގި އަމަލުތަކާ ގުޅިގެން ގިނަ ބަޔެއްގެ ނުރުހުން އޭނާއަށް އަމާޒުވެފައިވީ ނަމަވެސް، ލީ ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައެވެ. 1989 ވަނަ އަހަރުގެ ތެރޭގައި ހިންގި ޖަރީމާގައި ލީ ވަނީ ޑިމޮކްރެސީއަށް އަޑު އުފުލާ ޓިއަންމަން ސްކުއާގައި ކުރިޔަށް ދިޔަ މުޒާހަރާތަކުގެ ބައިވެރިން އެތަނުން ދުރުކުރުމަށް ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މަރާލާފައެވެ.

ޓިއަންމެން ސްކްޔާގައި ކުރިޔަށް ދިޔަ މުޒާހަރާތަކުގައި ގިނައިން ބައިވެރިވެފައިވަނީ ކިޔަވާކުދިންނާއި މަސައްކަތު މީހުންނެވެ. 1989 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ކުރަން ފެށި މުޒާހަރާތަކާއި ގުޅިގެން "މާޝަލް ލޯ" އިއުލާން ކުރެއްވުމަށް ފަހު، އެތަނުގައި ތިބި މީހުން ދުރުކުރުމަށް ބާރުގެ ބޭނުން ކޮށްފައިވަނީ ޖޫން މަހުގައެވެ. މިހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކު މަރާލާފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ.

ލީ ވަނީ ތަކުރާރުކޮށް އޭނާގެ އަމަލުތައް ދިފާއު ކުރައްވާފައެވެ. ލީ ވިދާޅުވީ އެއީ ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއް ކަމަށާއި، އެދުވަހު އެނޫން ގޮތަކަށް ނިންމެވުނުނަމަ ކުރީގެ ސޯވިއެޓް ޔޫނިއަން އަދި އިރުމަތީގެ ޔޫރަޕުގެ ގައުމުތަކަށް ދިމާވި ހާލަތާ ކުރިމަތިލާން ޖެހުނީސް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި