ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 09:44
ގަވަރުނަރު އަހުމަދު ނަސީރު އަދި އެގްޒެކެޓިވް ޑިރެކްޓަރ އެމް. ރާޖެޝްވަރް ރާއޯ އެގްރީމެންޓުގައި ސޮއި ކުރައްވަނީ
ގަވަރުނަރު އަހުމަދު ނަސީރު އަދި އެގްޒެކެޓިވް ޑިރެކްޓަރ އެމް. ރާޖެޝްވަރް ރާއޯ އެގްރީމެންޓުގައި ސޮއި ކުރައްވަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ކަރަންސީ ސްވޮޕް އެގްރިމެންޓް
އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓްގައި ސޮއިކޮށްފި
މި އެގްރީމެންޓާއެކު 400 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ސްވެޕް ފެސިލިޓީ އެއް ނެގުމަށް އެމްއެމްއޭއަށް ފުރުސަތު ލިބޭނެ
ސްވެޕް ފެސިލިޓީ ހަމަޖެހިގެންދަނީ "ފްރޭމްވޯކް އޮން ކަރަންސީ ސްވެޕް އެރޭންޖްމެންޓް ފޮ ސާކް ކަންޓްރީސް" އަދި "ސްޓޭންޑްބައި ސްވެޕް އެރޭންޖްމަންޓް" ގެ ތެރެއިން
ކަރަންސީ ސްވެޕް އެރޭންޖްމަންޓް އިތުރުކުރުމަށް އެއްބަސްވެފައިވަނީ އިންޑިއާ ސަރުކާރުގެ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީގެ ބައެއްގެ ގޮތުގަ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވެޕް އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.

އެމްއެމްއޭ އިން، ހޯމަ ދުވަހު އާރްބީއައި އާއެކު ސޮއިކުރި މި އެގްރީމެންޓާއެކު 400 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ކަނޑައަޅާފައިވާ ސްވެޕް ފެސިލިޓީ އެއް ނެގުމަށް އެމްއެމްއޭއަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ސްވެޕް ފެސިލިޓީ ހަމަޖެހިގެންދަނީ މިހާރުވެސް އަމަލުކުރަމުންދާ "ފްރޭމްވޯކް އޮން ކަރަންސީ ސްވެޕް އެރޭންޖްމެންޓް ފޮ ސާކް ކަންޓްރީސް" އަދި މި ފްރޭމްވޯކްގެ "ސްޓޭންޑްބައި ސްވެޕް އެރޭންޖްމަންޓް" ގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއެމްއޭ އިން އާރްބީއައި އާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރިމެންޓްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ކުރިން ގާއިމުކޮށްފައިވާ ކަރަންސީ ސްވެޕް އެރޭންޖްމަންޓް އިތުރުކުރުމަށް އެއްބަސްވެފައިވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިނުމަށް ކަނޑައަޅާފައިވާ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީގެ ބައެއްގެ ގޮތުގައެވެ.

މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރައްވަފައިވަނީ ގަވަރުނަރު އަހުމަދު ނަސީރެވެ. އަދި އާރްބީއައި ގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެގްޒެކެޓިވް ޑިރެކްޓަރ އެމް. ރާޖެޝްވަރް ރާއޯއެވެ.

- ކޮމެންޓް