ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 09:04
ފިރިހެން ވޮލީ ޓީމު
ފިރިހެން ވޮލީ ޓީމު
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ
އައިއޯއައިޖީ 2019: ކޮމޮރޯސް އަތުން މޮޅުވެ ރާއްޖޭގެ ފިރިހެން ވޮލީޓީމު އުންމީދު އާކޮށްފި
މި މެޗު ރާއްޖެއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުން

މޮރިޝަސްގައި މިހާރު ކުރިޔައްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ ފިރިހެން ވޮލީޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުގެ އުންމީދު އާކޮށްފިއެވެ.

ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 25-23، 25-20 އަދި 25-19 އިންނެވެ.

މެޗުގައި ރާއްޖޭގެ ވޮލީ ޓީމު ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

ރާއްޖޭގެ ފިރިހެން ވޮލީޓީމު ސެމީގެ އުންމީދު އާކުރިއިރު، ރާއްޖޭގެ އަންހެން ވޮލީޓީމު ވަނީ ކުޅުނު ދެމެޗުން ބަލިވެ މުބާރާތުން ކަޓައިފައެވެ.

ރާއްޖޭގެ ފިރިހެން ވޮލީޓީމު އަންގާރަ ދުވަހު ކުޅޭމެޗު ކާމިޔާބުކޮށްފި ނަމަ ސެމީފައިނަލަށް ދަތުރު ކުރާނެއެވެ. އަންގާރަ ދުވަހު ވޮލީޓީމު ނިކުންނާނީ ރިޔޫނިއަންއާއި ދެކޮޅަށްށެވެ. ރާއްޖެގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ ކޮމޮރޯސް މަޑަގަސްކަރ އަދި ރިޔޫނިއަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް