ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 19:04
ސާއިދު
ސާއިދު
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: 100 މީޓަރު ދުވުމުން ސާއިދު ދިޔައީ ހަތަރުވަނަ އަށް
އެންމެ ފަހުގެ އިންޑިއަން އޯސަން އައިލޭންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ސާއިދު ވަނީ ރާއްޖެއަށް ރަން މެޑަލް ގެނަސްފަ

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލްގައި ރާއްޖޭގެ ހަސަން ސާއިދު ހަތަރުވަނައަށް ގޮސްފިއެވެ.

އެންމެ ފަހުގެ އިންޑިއަން އޯސަން އައިލޭންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ސާއިދު ވަނީ ރާއްޖެއަށް ރަން މެޑަލް ގެނަސްފައެވެ.

ފައިނަލް ހީޓުގެ ހަތަރުވަނަ ސާއިދަށް ލިބުނީ 10.78 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނަމަވެސް އޭނާ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ހީޓުގައި ރޭސް ދެވަނައަށް ނިންމައިގެންނެވެ. އެ ރޭސް އޭނާ ނިންމީ 10.66 ސިކުންތުންނެވެ.

ދެހާސް ފަނަރަވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ސާއިދުވަނީ ރިހި މެޑަލް ވެސް ރާއްޖެއަށް ކާމިޔާބު ކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް