ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 15:55
ވޮލީ މެޗުގެ ތެރެއިން
ވޮލީ މެޗުގެ ތެރެއިން
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: އަންހެން ވޮލީ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ
މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

މޮރިޝަސްގައި މިހާރު ކުރިޔަށްދާ ދިހަވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ.

ހޯމަ ދުވަހު ރިޔޫނިއަން އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ބަލިވީ ސީދާ ތިންސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެގޮތުން މި ސެޓު ރިޔޫނިއަން އިން ވަނީ ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ސެޓު ރިޔޫނިއަން އިން ކާމިޔާބު ކުރީ 25-12 އިންނެވެ.

ރާއްޖޭގެ އަންހެން ވޮލީ ޓީމު

މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިސެޓުން ރާއްޖެ ބަލިވީ 25-22 އިންނެވެ. މެޗުގެ ތިންވަނަ ސެޓުގައި ވެސް ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ތިންވަނަ ސެޓުވެސް ވަނީ ރިޔޫނިއަން އިން ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓު ރިޔޫނިއަން ކާމިޔާބު ކުރީ 25-19 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް