ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 15:32
ރާއްޖޭގެ ބީޗްވޮލީ ޓީމު
ރާއްޖޭގެ ބީޗްވޮލީ ޓީމު
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ
އައިއޯއައިޖީ 2019: ބީޗްވޮލީ ޓީމުން ރިހި މެޑަލް ހޯދައިފި
ބީޗްވޮލީ ޓީމް އިވެންޓުން ރާއްޖެ އަށް ދެވަނަ ލިބުނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެން

މޮރިޝަސްގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ބީޗްވޮލީ ޓީމު އިވެންޓުން ރާއްޖޭގެ ފިރިހެން ބީޗްވޮލީ ޓީމު ރިހި މެޑަލް ހާސިލްކޮށްފިއެވެ.

މުބާރާތުގައި ހޯމަ ދުވަހުގައި ރާއްޖެއިން ވަނީ ސީޝެލްސް އަތުން ދެ ގޭމް އިން މޮޅުވެފައެވެ. ރާއްޖެއިން ފުރަތަމަ ޓައި ކާމިޔާބު ކުރީ 14-12 އަދި 21-0 ކުންނެވެ. ދެވަނަ ޓައިގައި ސީޝެލްސް ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ދެވަނަ ޓައި ސީޝެލްސްއިން ވަނީ ކާމިޔާބުކޮށްފައެވެ. މި ޓައި ސީޝެލްސްއިން ކާމިޔާބުކުރީ 21-18 އަދި 21-15 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ޓައި ވާދަވެރި ކުޅުމަކަށްފަހު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މި ޓައި ރާއްޖެއިން ކާމިޔާބުކުރީ 23-21 އަދި 21-18 އިންނެވެ.

މިއަދު ކުޅުނު ބީޗް ވޮލީ މެޗުގެ ތެރެއިން

ބީޗްވޮލީ ޓީމް އިވެންޓުން ރާއްޖެ އަށް ދެވަނަ ލިބުނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްގެނެވެ. މިއީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ބީޗް ވޮލީ އިވެންޓް އިން ރާއްޖެ އަށް ލިބުނު ފުރަތަމަ މެޑައްޔެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް