ކ. މާލެ
|
22 ޖުލައި 2019 | ހޯމަ 09:30
ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ހީނަރުކަން ނައްތާލުން
ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ހީނަރުކަން ނައްތާލުން
ގެޓީ އިމޭޖަސް
އެމެރިކާ-ޕާކިސްތާން
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އެމެރިކާއަށް ވަޑައިގަންނަވަނީ
 
އެމެރިކާއިންވަނީ ސަލާމަތީ ކަންކަމަށް ޕާކިސްތާނަށް ކުރާ ޚަރަދުތައް ހުއްޓާލާފައި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވައިޓް ހައުސްއަށް ޒިޔާރާތްކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

މި ބައްދަލުވުމަކީ އަފްޣާނިސްތާނުގެ ހަނގުރާމައާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ހީނަރުކަން ނައްތާލައި ގުޅުން އަލުން އިއާދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ޕާކިސްތާނުން "ދޮގުހަދާ މަކަރު ހަދާ" ކަމަށް ތުހުމަތުކުރައްވައި ރައީސް ޓްރަމްޕްވަނީ ޕާކިސްތާނުގެ ސަލާމަތީ ކަންކަމަށް ކުރައްވާ ހޭދަ މިދިޔަ އަހަރުންފެށިގެން ކުޑަކުރައްވާފައެވެ.

ބޮޑުވަޒީރު ޚާން ވިދާޅުވީ އެމެރިކާގެ އެހީއަކީ އެމެރިކާ އިސްވެ އޮވެ "ޓެރެރިޒަމާ ދެކޮޅަށް ފެށި ހަނގުރާމަ"އިގެ ސަބަބުން ޕާކިސްތާނުން ދައްކަން ޖެހުނު އަގާ އަޅާބަލާއިރު މާ ކުޑަ އެއްޗެއްކަމަށެވެ.

މީގެ އެއް އަހަރުކުރިން އެ ގައުމުގެ އާއްމު އިންތިޚާބު ކާމިޔާބުކުރައްވައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި އިމްރާން ޚާންވަނީ ދެ ގައުމުގެ މެދުގައި އޮންނަންވާނީ ދެ ގައުމަށް ފައިދާކުރަނިވި ގުޅުމެއްކަމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.

ބޮޑުވަޒީރު ޚާންއަކީ ޓެރެރިޒަމާ ދެކޮޅަށް އެމެރިކާއިންކުރާ ހަނގުރާމައިގައި އެ ގައުމުން ގެންގުޅެމުންދާ ޑްރޯން ބޭނުންކުރުންފަދަ ބައެއް އުކުޅުތަކަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް