ކ. މާލެ
|
21 ޖުލައި 2019 | އާދީއްތަ 16:01
ރަފާ
ރަފާ
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އައިއޯއައިޖީ 2019
އައިއޯއައިޖީ 2019: ޓޭބަލްޓެނިސް ޓީމު ފައިނަލަށް
މަޑަގަސްކަރ ބަލިކުރީ 3-1 ކުން

މޮރިޝަސްގައި މިހާރު ކުރިޔައްދާ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓޭބަލް ޓެނިސް ޓީމު އިވެންޓްގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗު ރާއްޖެއިން ކާމިޔާބު ކުރީ މަޑަގަސްކަރ އާއި ވާދަކޮށް 3-1 ކުންނެވެ.

މަޑަގަސްކަރ އާއި ދެކޮޅަށް ފުރަތަމަ މެޗުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ ރަފާ ކުޅުނުމެޗް އޭނާ ވަނީ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް ރަފާ ގެންދިޔައީ 12-11، 11-6 އަދި 11-4 ކުންނެވެ.

ދެވަނަ މެޗު ގައި ރާއްޖޭގެ ދީމާ ކުޅުނު އިރު އޭނާ ވެސް ވަނީ މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-7، 11-6 އަދި 11-4 އިންނެވެ.

ރާއްޖެ ކުޅުނު ތިންވަނަ މެޗުން ރާއްޖެ ބަލިވީ 3-1 ކުންނެވެ. ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކުޅުނު މެޗުން އޭނާ ބަލިވިއިރު މެޗުގެ ސެޓުތައް މަޑަގަސްކަރ ކުޅުންތެރިން ގެންދިޔައީ 11-8، 9-11، 4-11، އަދި 9-11 އިންނެވެ.

ރާއްޖެ ކުޅުނު ހަތަރުވަނަ މެޗުގައި ޓީޓީ ގައުމީ ޓީމުގައި ހުރި އެންމެ ހަގު ކުޅުންތެރިޔާ ކުޅެން އަރައި، ގޭމް ކާމިޔާބުކޮށް އޭނާ ވަނީ ރާއްޖެ ފައިނަލަށް ގެންގޮސްދީފައެވެ. މި މެޗު ދީމާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 11-8، 11-5 އަދި 11-6 އިންނެވެ.

ރާއްޖޭގެ ޓީޓީ ޓީމުގެ ކޯޗު ބުނީ ޓާރގެޓް އަކީ ރަން މެޑަލް ކަމަށާއި އެކަން އެއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުން އޭނާ ބުނީ އެންމެ ފަހުގެ ޗެމްޕިއަނުން ބަލި ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ޓޭބަލް ޓެނިސް ޓީމު އިވެންޓްގެ ފައިނަލް އާދީއްތަ ދުވަހު ހަވީރު އޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް