Advertisement
ކ. މާލެ
|
6 މާރޗް 2017 | ހޯމަ 14:18
ސްޓެލްކޯ
ސްޓެލްކޯ
ގޫގުލް
ސްޓެލްކޯ
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
އެމައްސަލަ ތަހުގީގު ކުރުމަށްފަހު އާއްމު ކުރާނެ ކަމަށް ސްޓެލްކޯއިން ބުނޭ
ސްޓެލްކޯއިން ބުނީ އެމައްސަލަ ދިމާވީ އެމްޑިބްލިޔުއެސްސީއަށް ކަރަންޓް ދިނުމަށް ހުރި ކޭބަލަކަށް ދިމާވި މައްސަލައަކުން ކަމަށް
އެމްޑަބްލިޔުއެސްސީ ބުނީ އެފަދަ ޓެކްނިކަލް މަސައްކަތެއް އެވަގުތު އެތަނުގައި ހިންގާފައި ނުވާނެކަމަށް

އާދިއްތަ ދުވަހު މުޅި މާލެއިން ކަރަންޓް ކަނޑައިގެންދިޔަ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

 

ސްޓެލްކޯއިން ބުނީ މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔައީ  މާލެއަށް ފެނުގެ ހިދްމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީއަށް ކަރަންޓް ދިނުމަށް މަގުތީ ގޮތުން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ހައިވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ކޭބަލް ޝޯޓް ސާރކިޓް ވުމުގެ ސަބަބުން ކަމަށެވެ.

 

ސްޓެލްކޯއިން ބުނީ އެމައްސަލަ ތަހުގީގު ކުރުމަށް ފަހު އާއްމު ކުރާނެ ކަމަށެވެ.

 

އެމްޑަބްލިޔުއެސްސީން ބުނީ މުޅި މާލެއިން ކަރަންޓް ކަނޑައިގެންދިޔައީ އެކުންފުނީގެ މައްސަލައަކުން ނޫން ކަމަށާއި އެވަގުތު އެކުންފުނީގައި އެފަދަ ޓެކްނިކަލް މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.

 

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިއުމުގެ ސަބަބުން މާލެއިން ފެނުގެ ހިދްމަތަށް ވެސް ބުރޫއަރައި ފެނުގެ ހިދްމަތް ވެސް ކަނޑައިގޮސްފައި ވެއެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ ހިދްމަތްތަކަށް ވެސް ބުރޫއަރައި، ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ. 

 

އާދިއްތަ ދުވަހު މެންދުރު ފަހު 13:00ގައި ކަރަންޓް ކަނޑައިގެން ދިއުމަށް ފަހު ކަރަންޓްގެ ހިދްމަތް ފޯރުކޮށްދީފައިވަނީ 16:25ގަ އެވެ.

 

ކަރަންޓްގެ މައްސަލައާ ހުރެ ފެނުގެ ޚިދުމަތް މެދުކެނޑުނު އިރު މީގެ ކުރިން އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ފެން ކަނޑައިގެން ދިޔަ ފަހަރު ބެކަޕް ސިސްޓަމެއް ގާއިމުކުރުމަށް ރައޔިތުންނާއި ބޭރު ފަރާތްތަކުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި ފަންޑެއް ހުޅުވާފައި ވެއެވެ. އެ ފައިސާ އަށް ވީ ގޮތެއް އަދި ކުރި ކަމެއް މިހާތަނާ ޖެހެންދެން ވެސް އެމްޑަބްލިޔުއެސްސީން ހާމަކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 މާރޗް 2017 | ހޯމަ 10:29
ކައްކަކާކޯ
ހެހެހެ ސަރުކާރުގެ ހުރިހާ މުޢައްސަސާޔާ ޕްރައިވެޓް ކޮންޕެނީތައް މިހާރު ޕޮލިހަށްވެ ތަޚްޤީޤް ކުރާ ޑިޕާރޓްމަންޓް ތަކަށް ވެ ނުމުނީތަ ކޮންމެ ތަނަކުން ތަޚްޤީޤް މިލަފްޒްގެ އަޑު މިއިވެނީ ސަރުކާރު ވަނީ ފެއިލްވެފަ ގަދަކަމުން ނުބާލަނީސް ރީތިގޮތުގައި އިސްތިޢުފާދީ