ދިލްމާގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީ އެޕްރިސިއޭޝަން ޕްރޮގްރާމްއެއް ބާއްވައިފިއެވެ.
ބައިނަލްއަގްވާމީ ގޮތުން ދިލްމާގެ ފަރާތުން ބާއްވާ ޓީ އެޕްރިސިއޭޝަން ޕްރޮގްރާމް ހޮނިހިރު ދުވަހު ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގެ ބާޒާރަށް ސައިފަތުން އުފެއްދޭ ތަފާތު އެއްޗިއްސާ ބެހޭގޮތުން މައުލޫމާތު ދީ އަދި ފަހުގެ ޓްރެންޑްސްތައް ދިވެހިރާއްޖޭގެ ބާޒާރަށް ތައާރަފު ކުރުމެވެ. އަދި ތަފާތު ކެއުންތަކުގައި ސައި ބޭނުންކޮށްގެން ކާ އެއްޗެހީގެ ރަހައަށް ގެނެވިދާނެ ބަދަލުތަކާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ވަނީ ދީފައެވެ.
މިއީ މި ޕްރޮގްރާމް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ފަހަރުނަމަވެސް މިފަދަ އެހެން އިވެންޓެއް މުސްތަގްބަލުގައި ވެސް ބާއްވާނެ ކަމަށާއި މަގުސަދަކީ މެދުކެނޑުމެއް ނެތި ރާއްޖެއަށް، ބައިނަލްއަގްވާމީ ގޮތުން ސައިން އުފައްދާ ކާއެއްޗިއްސާއި އަދި ބުއިން ތަކުގެ ޓްރެންޑްސް ގެނެސްދިނުން ކަމަށް ސިމްޑީ ގްރޫޕްގެ ޑިރެކްޓަރ އިބްތިސާމް މުހައްމަދު ދީދީ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ދިލްމާގެ ވިޔަފާރި ވަރަށް ކާމިޔާބު ކަމަށާއި، ވިޔަފާރި ދަނީ ދުވަހުން ދުވަހަށް ކުރިއަރަމުން ކަމަށެވެ.
މި އިވެންޓުގައި ދިލްމާ ސައިފަތުގެ ފައުންޑަރގެ ދަރިފުޅު ދިލްހަން ސީ ފެނަންޑޯ ވަނީ ބައިވެރި ބައިވެރިންނަށް މައުލޫމާތުދީފައެވެ. ދިލްމާ ސައިފަތުގެ ރާއްޖޭގެ ޑިސްޓްރިބިއުޓާރ އަކީ ސިމްޑީ ގްރޫޕެވެ.