މޮރިޝަސްގައި މިހާރު ކުރިޔަށްދާ ދިހަވަނަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ބާސްކެޓް ބޯޅަ އިވެންޓްގައި ދިވެހިރާއްޖެ ކުޅުން މެޗުން ގައުމީ ބާސްކެޓްޓީމު ބަލިވެއްޖެއެވެ.
ދިވެހިރާއްޖެއާއި ރިޔޫނިއަން ބައްދަލު ކުރި މެޗް ރިޔޫނިއަން އިން ކާމިޔާބުކުރީ 106-42 ޕޮއިންޓުންނެވެ.
މި މެޗްގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޓީމުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ކުއާޓާގައި ރިޔޫނިއަންއިން ވަނީ ބޮޑު ލީޑެއްނަގައިފައެވެ. ފުރަތަމަ ކުއާޓާ ނިމުނީ 23-4 ޕޮއިންޓުން ރިޔޫނިއަން ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ކުއާޓާގައި ރާއްޖެއިން ވަނީ ފުރަތަމަ ކުއާޓާއަށް ވުރެ ކުޅުން ރަނގަޅު ކޮށްފައެވެ. މި ކުއާޓާ ނިމުނީ 21-46 ކުންނެވެ. މެޗުގެ ތިންވަނަ ކުއާޓާގައި ރާއްޖެ އަށް ސްކޯކުރެވިފައިވަނީ އެންމެ ހަ ޕޮއިންޓެވެ. މެޗުގެ ފަހު ކުއާޓާގައި ރާއްޖެ އިން ވަނީ 15 ޕޮއިންޓް ހޯދައިފައެވެ. މިމެޗުގައި ރިޔޫނިއަންއިން ވަނީ ރާއްޖެ ކޮޅަށް 106 ޕޮއިންޓް ހަމަ ކޮށްފައެވެ.
މެޗުގެ ތަފާތަކަށްވީ ރާއްޖޭގެ ކުޅުންތެރިންގެ އިސްކޮޅެވެ. ރާއްޖެ ޓީމުގެ ކޯޗު ބުނީ ފުރަތަމަ މެޗާއި އަޅާބަލާއިރު ކުޅުންތެރިންކުރި މަސައްކަތް ރަނގަޅު ކަމަށެވެ.
ބާސްކެޓްބޯޅަ މެޗެއް އާދީއްތަ ދުވަހުވެސް އޮންނާނެއެވެ. މި މެޗުގައި ރާއްޖެ ނިކުންނާނީ ސީޝެލްސްއާއި ދެކޮޅަށެވެ.