ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 17:26
ހޮންގ ކޮންގުގެ މަގުމަތީގައި ގިނަ އަދަދެއަގެ ރައްޔިތުން ދަނީ އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް މުޒާހަރަާ ކުރަމުން
ހޮންގ ކޮންގުގެ މަގުމަތީގައި ގިނަ އަދަދެއަގެ ރައްޔިތުން ދަނީ އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް މުޒާހަރަާ ކުރަމުން
ސީ.އެން.އެން
ހޮންގ ކޮންގް
ހޮންގް ކޮންގް ގެ ސިފައިން ގިނަ އަދަދެއްގެ ބާރުގަދަ ގޮވާތަކެތި އަތުލައިގެންފި
ސިފައިން އަތުލައިގަން އެއްޗެހިތެރޭގައި 2 ކިލޯގެ ބާރުގަދަ ގޮވާތަކެތީގެ އިތުރުން، 10 ޕެޓްރޯލް ބޮން، ކޮރޯސިވް ލިކުއިޑްސް ގެ އިތުރުން ހަތިޔާރާއި ދަގަނޑު ހޮޅިބުރިތަށްވެސް ވަނީ ހޯދާފަ

ހޮންގް ކޮންގް ގެ ސިފައިން ހިންގި ހާއްސަ ރެއިޑެއްގައި، މިހާތަނަށް ހޮންގ ކޮންގ އިން ހޯދުނު އެންމެ ގިނަ އަދަދުގެ ބާރުގަދަ ގޮވާތަކެތި ހޯދައިފިއެވެ.

މި ގޮވާތަކެތި ހޯދާފައިމިވަނީ ހޮންގ ކޮންގ ގައި އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް ހިންގުމަށް ނިންމާފައިވާ ސިލްސިލާ މުޒާހަރާތަކާ ދިމާކޮށެވެ.

ހޮނިހިރު ދުވަހު ސިފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި، ސިފައިން ވަނީ 27 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. ފިރިހެން މިހާ ހައްޔަރުކޮށްފައިވަނީ، ހޮންގ ކޮންގ ގެ އިންޑަސްޓްރިއަލް ވިލެޖެއްކަމަށްވާ ސޫން ވޭން އިންނެވެ. އިތުރަށް ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރިމީހާ ލައިގެން ހުރީ ހޮންގ ކޮންގައި ހަރަކާތްތެރިވާ ޖަމާއަތެއް ކަމުގައިވާ ނޭޝަނަލް ފްރޮންޓުގެ ޓީޝާޓެއް ލައިގެންނެވެ

ސިފައިން އަތުލައިގަން އެއްޗެހިތެރޭގައި 2 ކިލޯގެ ބާރުގަދަ ގޮވާތަކެތީގެ އިތުރުން، 10 ޕެޓްރޯލް ބޮން، ކޮރޯސިވް ލިކުއިޑްސް ގެ އިތުރުން ހަތިޔާރާއި ދަގަނޑު ހޮޅިބުރިތައް ވެސް ވަނީ ހޯދާފައެވެ.

ހޯދިފައިވާ ބާރުގަދަ ގޮވާތަކެތީގައި ޓްރައިސެޓޯން ޓްރައިޕެރޮކްސައިޑް(ޓީއޭޓީޕީ) ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ. 2015 ވަނަ އަހަރުގެ ނޮވެމްބަރުގައި ޕެރިހުގައި ދިން ބޮމުގެ ހަމަލާއާއި، 2016 ވަނަ އަހަރުގެ މާޗުމަހު ބުރޫސަލްގައި ދިން ބޮމުގެ ހަމަލާއާއި، 2017 ވަނަ މެންޗެސްޓަރ ގައި ދިން ބޮމުގެ ހަމަލާގައިވެސް ޓީއޭޓީޕީ ވަނީ ބޭނުންކޮށްފައެވެ.

ވޭތުވެދިޔަ ހަވަރަކަށް ހަފްތާ ތެރޭގައި ހޮންގ ކޮންގުގެ މަގުމަތީގައި ދަނީ ސަރުކާރު ބަދަލުކުރުމަށާއި، ޑިމޮކްރަސީއަށް ގޮވާލާ އެތަށް ހާސްމީހުން މުޒާހަރާ ކުރަމުންނެވެ.

- ކޮމެންޓް